ފުވައްމުލައް

ފުވައްމުލައް ހޮސްޕިޓަލަށް އާ އެކްސްރޭ މެޝިނެއް

ފުވައްމުލައް ހޮސްޕިޓަލް
0%
0%
0%

ޏ.ފުވައްމުލައް ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ އެކްސްރޭ މެޝިނެއް ބަހައްޓާ ހިދުމަތް ދިނުމަށް އެ ހޮސްޕިޓަލުން ތައްޔާރުވެއްޖެ އެވެ.

ފުވައްމުލަކު ސިޓީއަކީ 12،000 މީހުން ދިރިއުޅެމުންދާ ބޮޑު އާބާދީއެއް އޮތް ތަނެކެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު ލިރާރު ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލްގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން އެ ހޮސްޕިޓަލުގައި މިހާރު އެކްސްރޭ މެޝިނެއް ބެހެއްޓިފައިވާ ކަމަށެވެ.

ލިރާރު ވިދާޅުވީ އެކްސްރޭ މެޝިން ޓެސްޓް ކުރަމުންދާ ކަމަށާއި ރަސްމީކޮށް ހިދުމަތް ފެށޭނީ އެކްސްރޭ މެޝިން ބަހައްޓާފައި ހުރި ތަނުގައި ކޮށްލަންޖެހޭ ކުދިކުދި ޓެކްނިކަލް މަސައްކަތްތައް ނިމުމުން ކަމަށެވެ.

"އުއްމީދަކީ އަންނަ ހަފްތާގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާ ހިދުމަތް ރަސްމީކޮށް ފެށުން،" ލިރާރު ވިދާޅުވި އެވެ.
.
ފުވައްމުލަކު ހޮސްޕިޓަލްގައި އެކްސްރޭގެ އިތުރުން ސީޓީ ސްކޭނާއި މެމޮގްރަފީގެ ހިދުމަތް ފެށުމަށްވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާއިރު އަންނަ މަހުގެ ތެރޭގައި މި ދެ ހިދުމަތްވެސް ފެށޭނެ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345