ފިނިޕޭޖް

"ޓީން ވުލްފް"ގެ ރީބޫޓެއް ހަދަނީ

"ޓީން ވުލްފް" ސީރީޒް އަކީ 2011 އިން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ކާމިޔާބުކަމާއެކު ޓީވީތަކުން ދެއްކި އެވެ. އެއަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބުނެވެ. އެގޮތުން މި ސީރީޒްގެ ރީބޫޓެއްގެ ގޮތުން ޕެރެމައުންޓް+ އިން "ޓީން ވުލްފް: ދަ މޫވީ" ރިލީޒްކުރުމުގެ މަސައްކަތްކުރިއަށްދާއިރު އެ ފިލްމުގެ ޓްރޭލާ ވަނީ ރިލީޒްކޮށްފަ އެވެ.

މި ފިލްމުގައި ކުރީގެ ސީރީޒްގެ ގިނަ ތަރިން ފެނިގެންދާނެ އެވެ. ސީރީޒްއާއި ފިލްމުގެ ސްޓޯރީލައިންވެސް ގުޅުވާފައިވެ އެވެ. އަދި ލީޑް ރޯލްކުޅޭނީ ހަމަ ޓައިލާ ޕޯޒީ އެވެ. މީގެ އިތުރުން ޓައިލާ ހޯޗްލިން، ކްރިސްޓަލް ރީޑް، ހޮލެންޑް ރޮޑަން އަދި ކޯލްޓަން ހޭންސް ވެސް ސީރީޒެކޭ އެއްފަދައިން މި ފިލްމުން ފެންނާނެ އެވެ.

"ޓީން ވުލްފް"ގައި ކެލިފޯނިއާގެ ބީކަން ހިލްސް ކިޔާ ހިޔާލީ ރަށެއްގައި ހައި ސްކޫލްގައި އުޅޭ ސްކޮޓް މެކްކޯލް ގައިގައި އަލްފާ ވެއާވުލްފެއް ދަތްއެޅުމުން، ސްކޮޓް ވެއާވުލްފަކަށް ބަދަލުވެ އެވެ.

"ޓީން ވުލްފް: ދަ މޫވީ" ޑައިރެކްޓް ކޮށްފައިވަނީ ރަސަލް މަލްކާހީ އެވެ.

"ޓީން ވުލްފް: ދަ މޫވީ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 26 ވަނަ ދުވަހު އެވެ. އަދި މި ފިލްމަށްފަހު "ވުލްފް ޕެކް" ކިޔާ ސްޕިން-އޮފް އެއް ރިލީޒްކުރާނެ އެވެ. "ވުލްފް ޕެކް" އާއި "ޓީން ވުލްފް: ދަ މޫވީ" އާއި ސްޓޯރީލައިންގައި ގުޅުމެއް ނޯންނާނެ އެވެ.