ވިޔަފާރި

މަސީގެ "ބިލްޑް އެންޑް ހޯމް އެކްސްޕޯ" މި މަހުގެ 27 ގައި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ކުރިއަށް ގެންދާ "މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ" ފެއާ މިމަހުގެ 27 ގައި ފަށަން ހަމަޖައްސައިފި އެވެ.

މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް ބާއްވާ މި ފެއާ މަސީން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ފެއާ އެކެވެ. މިފަހަރުގ ފެއާގައި 49 ސްޓޯލް ހުންނައިރު މިހާތަނަށް 40 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ އެކްސްޕޯގައި ކޮންސްޓްރަކްޝަން ކުންފުނިތަކާއި، އިމާރާތް ކުރުމުގެ ހިދުމަތާއި އާކިޓެކްޗާ އަދި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީ އާއި އިންޖިނިއަރިން ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ގޭތެރެ ޒީނަތް ތެރި ކުރުމަށް ބޭނުންވާ ސާމާނާއި ހިދުމަތް ފޯރުކޮށްދެއްވާ ފަރާތްތައް ހިމަނާފައިވާއިރު ހާޑްވެއާ ސާމާނާއި އިމާރާތް ކުރަން ބޭނުންވާ ތަކެތީގެ އިތުރުން ފައިނޭންސް އަދި އިންޝުއަރެންސްގެ ހިދުމަތްދޭ ފަރާތްތައް ވެސް ހިމެނެ އެެ.

މި ފެއާ އިންތިޒާމްކޮށްދޭ ތިންކް އެޑްވަޓައިސް އިން ބުނީ ފެއާ ކުރިއަށްދާ ތިން ދުވަހުގެތެރޭގައި ކޮންސްޓްރަކްޝަން ދާއިރާއިން ރާއްޖެއަށް އަލަށް ތައާރަފް ކުރާ ތަކެތި އިފްތިތާހް ކުރުމުގެ ރަސމިއްޔާތުތައް ކުރިއަށް ދާނެ ކަމަށެވެ.

މިފެއާ އޮންނާނީ ދަރުބާރުގޭގެ އެވެ.