އީރާނަށް ޖެއްސުންކޮށް ހުޅަނގުން ބިރުދައްކާހާ ހިނދަކު ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ނެގެންދާނެ ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުން ބުނީ ނިއުކްލިއާ މަޝްވަރާތައް ފެށުމަށް ޕްރެޝަރުކޮށް ހުޅަނގުން ބޭނުންވާ ގޮތަކަށް އެއްބަސްވުންތައް ބައްޓަންކުރަން ކުރާ އެއްވެސް އަމުރަކަށް ކިޔަމަން ނުވާނެ ކަމަށެވެ.
އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ދައުލަތުގެ ނޫހަށް ވިދާޅުވި ގޮތުގައި އީރާން އަބަދުވެސް އޮންނާނީ މަޝްވަރާކުރުމަށް ތައްޔާރަށެވެ. އޭނާ އަދި ވިދާޅުވީ ނިއުކްލިއާ މަޝްވަރާތައް ކޮޅެއްގައި ޖައްސައި ސުލްހަވެރި ހައްލެއް ހޯދަން އީރާން އެއްބާރުލުން ދޭނެ ކަމަށެވެ.
އެހެން ނަމަވެސް، ނާސިރު ކަނާނީ ވިދާޅުވީ ގޮތުގައި މަޝްވަރާކުރުމަކީ އީރާނުން ކޮންމެ ހާލަތެއްގައި ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ބަލައިގެން އެކަމެއް ނުކުރައްވާނެ ކަމަށެވެ.
ނާސިރު ކަނާނީ ވިދާޅުވި ގޮތުގައި އެމެރިކާ އާއެކު 2015 ގައި ހެދި ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އަށް އީރާނުން ވަރަށް ރަނގަޅަށް އެއްބާލުން ދެއްވި އެވެ. އެހެން ނަމަވެސް، އެ އެއްބަސްވުން ވޮޝިންގްޓަނުން ދޫކޮށްލުމަކީ އެކަމުގެ ޒިންމާ އީރާންގެ ބޮޅުގައި އެޅުވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަރަކް އޮބާމާގެ ޒައާމަތުގައި އީރާނާ އެކު ހަދާފައި އޮތް ނިއުކްލިއާ އެއްބަސްވުން އުވާލީ ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2018 ގައެވެ. އަދި އެއަށް ފަހު ހުޅަނގުން އީރާނަށް ދީފައި އޮތް ލުއިތައް އަތުލައި -- އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށިކުރި އެވެ.
އީރާނުން ބަދަލުހިފުމުގެ ގޮތުން ނިއުކްލިއާ މާއްދާތައް -- އަލުން ޔުރޭނިއަމް މުއްސަނދިކުރަން ފެށި އެވެ. އަދި ނިއުކްލިއާ ހަތިޔާރު އުފެއްދޭ ފެންވަރަށް ނިއުކްލިއާ ފައްކާކުރަން އަމާޒުހިފި އެވެ.
ކަނާނީ ވިދާޅުވި ގޮތުގައި ނިއުކްލިއާ މަޝްވަރާތައް ފެށުމަށް އީރާނަށް ޕްރެޝަރު ކުރުމަކީ އެމެރިކާއާށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާ މިއަދު އޮތީ އެ ހާލަތުގައި ނޫން ކަމަށެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ނުސީދާކޮށް ކުރެވުނު ނިއުކްލިއާ މަޝްވަރާތައް ކޮޅެއްގައި ނުޖެހި އޯގަސްޓްގައި ހުއްޓުނު ގޮތަށް އޮތީ އެވެ. އީރާނުން ބުނާ ވާހަކައަކީ މަޝްވަރާތަކަށް ހުޅަނގުން ކުރާހާ ޝަރުތެއް ބަލައިގަތުމަކީ މަޝްވަރާތަކުގެ ރޫހެއް ނޫން ކަމަށެވެ.
އެމެރިކާ ބުނާ ގޮތުގައި މަޝްވަރާތަަކަށް އީރާނުން އުޒުރު ދައްކައި މާގިނައިން ޝަރުތު ކަނަޑައެޅުމަކީ ހިތްވަރު ގެއްލޭ ކަމެއް ކަމަށެވެ.