ފިނިޕޭޖް

ރޮބަޓް ޕެޓިންސަން "މިކީ 17" ގައި

އުމުރުން 36 އަހަރުގެ ރޮބަޓް ޕެޓިންސަން އެންމެ ފަހުން ފެނިފައިވަނީ މެޓް ރީވްސްގެ "ދަ ބެޓްމޭން" ގައެވެ.

ވޯނާ ބްރަދާސްގެ "މިކީ 17" ފިލްމުގެ ޓީޒާއިން ރޮބަޓް ޕެޓިންސަން ފެންނަނީ ފިއުޗަރިސްޓިކް، މިސްޓީރިއަސް ގޮތަކަށެވެ.

ތިރިސް ސިކުންތުގެ ޓީޒާއިން ފެންނަނީ ލެބޯޓަރީއެއް ކަހަލަ ތަނެއްގެ ތެރޭގައި ރޮބަޓް ޕެޓިންސަން ހައި-ޓެކް ސީޓީ ސްކޭން ފަދަ މެޝިނެއްގެ ތެރޭގައި އޮއްވަ އެވެ. ކެމެރާ 180 ޑިގްރީއަށް އަނބުރަމުން ޒޫމްކޮށްލާ ތަނާ ރޮބަޓް ދެ ލޯ ހުޅުވާލާފައި އޯޑިއަންސަށް ސީދާ ބަލާލަ އެވެ.

މި ފިލްމުގައި ރޮބަޓްގެ އިތުރުން މާވެލްގެ "ހަލްކް"ގެ ރޯލް އަދާކުރާ މާކް ރަފަލޯ، "ސިކްސްތް ސެންސް"ގެ ޓޯނީ ކޮލެޓް، "ދަ ވޯކިން ޑެޑް"ގެ ސްޓީވަން ޔުއެން އާއި "އައި ވޮނާ ޑާންސް ވިތް ސަމްބާޑީ"ގެ ނައުމީ ހިމެނެ އެވެ.

ބޮންގް ޖޫން ހޯ ޑައިރެކްޓް ކުރާ މި ފިލްމަކީ އެޑްވަޑް އޭޝްޓަންގެ "މިކީ 7" ވާހަކައަށް ބިނާކޮށްފައިވާ ފިލްމެކެވެ.

"މިކީ 17" އަކީ ބޮން 2019 ގައި ނެރުނު "ޕެރަސައިޓް" އަށް ފަހު ހަދާ ފުރަތަމަ ފިލްމެވެ.

ޕެރަސައިޓަށް ވަނީ ބެސްޓް ޕިކްޗާ، ބެސްޓް ޑައިރެކްޓަރު އަދި ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ އަށް އޮސްކާ އެވޯޑް ލިބިފަ އެވެ.

"މިކީ 17" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މާޗް 29، 2024 ގައެވެ.