ފިނިޕޭޖް

"ދި އިންސްޓިގޭޓާސް"ގައި ބެން އާއި މެޓް

މެޓް ޑޭމަން އާއި ބެން އެފްލެކްގެ ޕްރޮޑަކްޝަން ކޮމްޕެނީ އާޓިސްޓްސް އިކުއިޓީ އިން ޕްރޮޑިއުސްކުރާ "ދި އިންސްޓިގޭޓާސް"ގައި ލީޑް ރޯލް ކުޅޭނީ މެޓް ޑޭމަން އާއި ބެން އެފްލެކްގެ ކޮށްކޮ ކޭސީ އެފްލެކް އެވެ.

މި ދެ ތަރިންނަކީ ގަސް ވެން ސާންޓްގެ "ޖެރީ" އާއި ސްޓީވަން ސޮޑެންބާގް އޯޝަންސް އިލަވަން" އާއި އޭގެ ދެ ސިކުއެލްގައި އެއްކޮށް މަސައްކަތްކޮށްފައިވާ ދެ ތަރިންނެވެ.

"އޯޝަންސް އިލަވަން" އެކޭ އެއްފަދައިން މި ފިލްމަކީ ވެސް ވައްކަން ކުރުމާ ގުޅޭ "ހައަސްޓް" ފިލްމެކެވެ.

މިފިލްމުގައި ދެ ވަގުން ވައްކަން ކުރަން އުޅެނިކޮށް، ޕްލޭން ފަނިވެ، އެތަނުން އެކަކުގެ ތެރަޕިސްޓްގެ އެހީގައި ފިލަންޖެހެ އެވެ.

"ދި އިންސްޓިގޭޓާސް" ޑައިރެކްޓްކުރަނީ ޑަގް ލައިމަން އެވެ. ލައިމަން ވަނީ މެޓް ޑޭމަންއާ އެކު "ޖޭސަން ބޯން" ފިލްމް ސީރީޒް ހަދާފަ އެވެ.

މެޓް ޑޭމަން، ބެސްޓް ފްރެންޑް ބެން އެފްލެކްއާ އެކު ލިޔުނު ފިލްމް "ގުޑް ވިލް ހަންޓިން" އަށް ވަނީ އޮސްކާ އެވޯޑް ލިބިފަ އެވެ.

މެޓް ވަނީ މި ފިލްމްގައި އެކްޓްވެސް ކޮށްފަ އެވެ. އަދި "މެންޗެސްޓާ ބައި ދަ ސީ"ގެ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން މެޓްއަށް ވަނީ އޮސްކާ ލިބިފަ އެވެ.

މީގެ އިތުރުން "ދަ ޓެލެންޓެޑް މރ ރިޕްލީ"، ދަ މާޝަން"، "ދަ ޑިޕާޓަޑް"، "ސޭވިން ޕްރައިވެޓް ރަޔާން" އަދި "ސީރިއާނާ" ފަދަ އެވޯޑް ލިބިފައިވާ ފިލްމުތައް ކުޅެފައިވެ އެވެ.

ކޭސީ އެފްލެކް އަށް ބަލާލާއިރު "މެންޗެސްޓާ ބައި ދަ ސީ"ގައި ކޭސީ ކުޅުނު ރޯލަށް ވަނީ އޮސްކާ އެވޯޑް ލިބިފަ އެވެ. އަދި "ދި އެސޭސިނޭޝަން އޮފް ޖެސީ ޖޭމްސް ބައި ކަވަޑް ރޮބަޓް ފޯޑް" ފިލްމުން ކޭސީއަށް ވަނީ އޮސްކާގެ ސަޕޯޓިން އެކްޓަރަކަށް ނޮމިނޭޓްވެފަ އެވެ. މީގެ އިތުރުން "އިންޓާސްޓެލާ"، "ޓަވާ ހައަސްޓް" ފަދަ ފިލްމް ކުޅެފައިވެ އެވެ.