އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް،

ކަކުލު ހުޅު ބަދަލުކުރުމުގެ ހިދުމަތް އައްޑޫ ހޮސްޕިޓަލުގައި ދޭން ފަށައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފުރަތަމަ ފަހަރަށް ކަކުލު ހުޅު ބަދަލުކުރުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.

އޭއީއެޗް އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ކަކުލު ހުޅު ބަދަލު ކުރުމުގެ ފަރުވާ އެ ހޮސްޕިޓަލުން ލިބިގެންދާނެ ކަމަށެވެ.

ކަކުލު ހުޅު ބަދަލު ކުުރުމުގެ ހިދުމަތް ހޯދުމަށް އެހޮސްޕިޓަލުގެ ކަށީގެ ހާއްސަ ޑޮކްޓަރުންނަށް ދައްކައިގެން ކުރިއަށް ގެންދެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އާތްރިޓިސްގެ ސަބަބުން ނުވަތަ ލިބޭ އަނިޔާއެއްގެ ސަބަބުން ކަކުލަށް ލިބޭ ގެއްލުމަކީ އާންމު ގޮތެއްގައި ހިނގާބިނގާވެ އުޅުމާއި ސިޑިން އެރުން ފަދަ ކުދި ކުދި ކަންކަން ކުރަން އުނދަގޫވެ ކަކުލު ހުޅު ބަދަލުކުރަން ޖެހޭ ކަމެކެވެ.

އެހެންކަމުން މިފަދަ ހިދުމަތެއް އޭއީއެޗް އިން ދޭން ފެށުމަކީ އައްޑޫ ސިޓީގެ އިތުރުން އައްޑޫއާ ކަައިރި ރަށްތަކުގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ ލުޔަކަށް ވާނެ އެވެ.