ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން ގަތަރަށް ފުރާވަޑައިގެންފި

Dec 12, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މިރޭ ގަތަރަށް ކުރައްވާ ފުރާވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްޘާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުތައް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެ އެވެ.

މި ދަތުރުފުޅަކީ ރާއްޖެއާއި ގަތަރާއި ދެމެދު އޮތް ހަރުދަނާ ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެެވެ.

ރައީސްގެ ދެކަނބަލުންނާ އެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މިރޭ ގަތަރަށް ފުރާވަޑައިގެންނެވި އެވެ.