ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވޯލްޑް ކަޕަށް ގަތަރަށް ވަޑައިގަތުމުގެ ދައުވަތު ރައީސް ސޯލިހަށް

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ މެޗެއް ބެއްލެވުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވަތު ދީފި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ވޯލްޑް ކަޕްގެ މެޗެއް ބެއްލެވުމަށް ގަތަރަށް ވަޑައިގަތުމަށް ގަތަރުގެ އަމީރުގެ ފަރާތްޕުޅުން ރައީސް ސޯލިހަށް ދައުވަތެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ދައުވަތާ ގުޅިގެން ވޯލްޑް ކަޕްގެ ފައިނަލް މެޗް ނޫނީ ސެމީ ފައިނަލްގެ މެޗެއް ބެއްލެވުމަށް ރައީސް ގަތަރަށް ވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ފީފާ ވޯލްޑް ކަޕުގެ ދެވަނަ ބުރަށް 10 ޓީމެއް މިހާރު ވަނީ ދަތުރުކޮށްފަ އެވެ. އެއީ ނެދަލޭންޑްސް، އިންގްލޭންޑް، ފްރާންސް، އާޖެންޓީނާ، ބްރެޒިލް، ޕޯޗުގަލް، ސެނެގަލް، ޔޫއެސްއޭގެ އިތުރުން ޕޮލޭންޑް އަދި އޮސްޓްރޭލިއާ އެވެ.

ވޯލްޑަ ކަޕުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.