ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތިން ގައުމަކަށް ކުރައްވާ ދަތުުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި

Mar 4, 2023

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ވަޑައިގަންނަވާނީ ގަތަރުގެ ވެރިރަށް ދޯހާ އަށެވެ. ގަތަރުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ އދގެ ފަސްވަނަ ކޮންފަރެންސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ގަތަރަށްފަހު ރައީސް ސޯލިހް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސާބިއާ އަށެވެ. ރައީސްގެ މިދަތުރުފުޅުގައި ދެ ގައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސްގެ ދަތުރުފުޅުގައި ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖަރުމަނަށެވެ. އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓަ ސްޓައިންމަޔައާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.