މަގުމަތީގެ އެކްސިޑެންޓް

ހައިވޭގައި ދުއްވާފައި ދިޔަ ޓެކްސީއެއް ފުރޮޅާލައިފި

Dec 12, 2022

ހައިވޭ އިން ހުޅުމާލެއަށް އަރަން އޮންނަ ހިސާބުން ދުއްވާފައި އައި ކާރެއް ފުރޮޅާލައިފި އެވެ.

ފުރޮޅާލާފައިވަނީ ޓެކްސީ ބޯޑު ޖަހާފައިވާ ކާރެކެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ކާރު ފުރޮޅާލި ވަގުތު ޑްރައިވަރު ފިޔަވާ އިތުރު މީހަކު ކާރަކު ނެތެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ފުލުހުން ދަނީ ކާރު އޮތް ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން އަދި މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.