ރާއްޖެ ކުޅިވަރު

ފަތާ ޓީމު ލަންކާ އަށް

Jan 21, 2016

އިންޑިޔާގައި އަންނަ މަހު ފަށާ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ ފަތާ ޓީމު ތަމްރީނު ހެދުމަށް ސްރީލަންކާ އަށް ހިނގައްޖެ އެވެ.

މި ދަތުރަކީ ލަންކާ ރެއިންބޯ އެކުއެޓިކްސް ކްލަބްގެ އެހީތެރިކަމާއިއެކު ކުރާ ދަތުރެކެވެ. ޓީމު ފަރިތަކުރާނީ ރެއިންބޯ ކުލަބާއި މަޝްހޫރު ސުގަތަދާސާ ސްޓޭޑިއަމްގެ ސްވިމިންގ ޕޫލްގައެވެ.

އެތްލެޓިސް އެސޯސިއޭޝަނުން ބުނީ ދަތުރަކީ ބޮޑު މުބާރާތަކަށްދާއިރު ރާއްޖޭގައި ރަނގަޅު ވަސީލަތްތައް ލިބެން ނެތުމުން ކުރަން ޖެހުނު ދަތުރެއް ކަމަށެވެ. އަދި ސްރީލަންކާގައި ކޭމްޕް ކޮށްފައި މިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްގެ ވަރަށްބޮޑު އެހީތެރިކަމަކާއި އެކުގައި ކަމަށެވެ.

ގައުމީ ފަތާ ޓީމުގައި ހިމެނެނީ ޖުމުލަ 11 ފެތުންންތެރިންނެވެ. އެއީ އަންހެން ފަސް ކުޅުންތެރިންނާއި ފިރިހެން ހަ ފެތުންތެރިންނެވެ.

އަންހެން ފެތުންތެރިންނަކީ އައިމިނަތު ޝަޖަން އައި އާއިޝަތު ސާޖިނާ އާއި އައިޝަތު ސައުސަން އާއި އަންމާއު އަހުމަދު ސަލީމާއި އައިޝަތު ހުލްވާ ހުލައިލެވެ. ފިރިހެން ފެތުންތެރިންނަކީ ނިޝްވާން އިބްރާހިމާއި އިސްމާއީލް މުއުތަސިމް އަދްނާނާއި މުހައްމަދު ނައްވާރު އިބްރާހީމާއި މުހައްމަދު ނަޒްރާން ނަޒީރާއި ހަސަން އަޝްރަފާއި މުބާލް އައްޒާމް އިބްރާހީމެވެ.

ޓީމުގެ ކޯޗަކީ އިސްމާއީލް ފަރުހާނެވެ. މެނޭޖަރަކީ މަރިޔަމް ނަފްހާ އަލީ އެވެ.