ފިނިޕޭޖް

ޖޭސަން މޯމޯއާ އާއި ޖޯން ސީނާ އެކްޝަން ފިލްމެއްގައި

"އަކުއަމޭން" ޖޭސަން މޯމޯއާ އާއި ރެސްލާ އަދި ފިލްމީ ތަރި ޖޯން ސީނާއާ އެކު އެކްޝަން ކޮމެޑީއެއް ކުޅެނީ އެވެ.

މި ދެ ތަރިން ފެންނާނީ ވޯނާ ބްރަދާސްގެ "ކިލާ ވެކޭޝަން" އިންނެވެ. މި ދެތަރިން މީގެ ކުރިން އެކުގައި މަސައްކަތްކޮށްފައިވަނީ ކުރިއަށް އޮތް "ފާސްޓް އެންޑް ދަ ފިއުރިއަސް" ފްރެންޗައިޒްގެ ފަހު ފިލްމުގަ އެވެ.

މި ފިލްމްގެ ތަފްސީލް އަދި ހާމަކޮށްފައި ނުވި ނަމަވެސް، ލަފާކުރެވެނީ މިއީ "ވެކޭޝަން-ގޯން-ރޯން" ފަދަ ފިލްމެއް ކަމަށެވެ. މި ފިލްމްގެ ސްކްރިޕްޓް ލިޔެފައިވަނީ މާކް އާއި ބްރާޔަން ގަން އެވެ.

މި ދެ ތަރިންނަކީވެސް ޑީސީ އެކްސްޓެންޑެޑް ޔުނިވާސްގެ ކެރެކްޓާސް ކުޅޭ ދެ ތަރިއެވެ. މިގޮތުން ޖޭސަންގެ "އަކުއަމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް" އަންނަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، ޖޯން މިހާރު ކުޅެމުންދަނީ އޭނާ "ސުއިސައިޑް ސްކޮޑް" ގައި އަދާކުރި ރޯލް "ޕީސްމޭކާ"ގެ ސްޕިން-އޮފް ސީރީޒް އެވެ.

ޖޭސަން އާއި ޖޯން އަކީ އާންމުކޮށް އެކްޝަން ފިލްމް ކުޅޭ ދެ ތަރިންނެވެ. ޖޯން އަކީ ރެޕް ކުރުމަށްވެސް ލޯބިކުރާ މީހެކެވެ.