ފިނިޕޭޖް

"ވިނީ ދަ ޕޫ"އަށް ފިލްމެއް ހަދަނީ

"ޕެޑިންޓަން ބެއާ" އާއި "ޕީޓާ ރެބިޓް"ގެ ކާމިޔާބީއަށް ފަހު، ޑްރީމްވޯކްސް އިން "ވިނީ ދަ ޕޫ" ބެއާގެ ވާހަކަ ސްކްރީނަށް ގެންނަނީ އެވެ.

އޭއޭ މިލްނޭގެ ކުޑަކުދިންގެ ކްލެސިކް ވާހަކައަށް ޕްރީކުއެލް ފީޗާ ފިލްމެއްގެ ގޮތުގައި ހަދާ މި ފިލްމު ޑައިރެކްޓްކުރަން ހަމަޖެހިފައިވަނީ "މަޑަގަސްކާ" އާއި "މޮންސްޓާސް ވާސަސް އޭލިއަންސް"ގެ ޑައިރެކްޓަރު މައިކް ޑި ސެވެ އެވެ. އަދި މި ފިލްމުގެ ސްކްރިޕްޓް މައިކް ލިޔާނީ "ދަ ޕީބޮޑީ އެންޑް ޝަމަން ޝޯ"ގެ ލިޔުންތެރިޔާ ޖޯން ރެނޯލްޑްސް އާއެކުގަ އެވެ.

ޖޯން ރެނޯލްޑްސް ބުނީ އެ "ސިލީ ޔަންގް ބެއާ" އާއި ރައްޓެހިންގެ ކުޑަ އިރުގެ ވާހަކަތައް ގެނެސްދޭނެ ކަމަށެވެ. މީގެ ބޭނުމަކީ 21 ވަނަ ގަރުނުގެ ކުޑަކުދިންނާ ކަނެކްޓް ކުރުވުން ކަމަށް ޖޯން ބުންޏެވެ.

މައިކް ބުނީ މާމުއި ބުއިމުގެ ޝައުގުވެރިކަން ހުންނަ އެ ބެއާ މާމުއި ހޯދުމަށް ކުރާ ގަމާރު އަދި އާދަޔާހިލާފު ސްކީމްތައް، މި ޒަމާނުގެ ކުދިންނާ ވަރަށް ގުޅޭނެ ކަމަށާއި އަދި ވަރަށް މަޖާ ވާނެ ކަމަށެވެ. މި ފިލްމުގައި އޯޑިއަންސް މުޅިން އާ ތަޖުރިބާތަކެއް އިހްސާސް ކުރާނެ އެވެ.

މި ޕްރީކުއެލް ހެދުމަށް ޑި ސެވެގެ އެނިމޭޝަން ސްޓޫޑިއޯ ބެބޫން، ކޮންޓެންޓް އިންކިއުބޭޓާ ލެބް އަދި ވިންވެސްޓް ގްރޫޕްގެ ސަބްސިޑިއަރީ އައިކިއުއައިއާ ގުޅޭނެ އެވެ.

މިއަހަރުގެ ޖެނުއަރީ މަހު އޭއޭ މިލްނެގެ ވާހަކައިގެ އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް އެކްސްޕަޔާވެ، އެ ވާހަކަ ޕަބްލިކް ޑޮމެއިން އަށް ބަދަލުވުމާ ގުޅިގެން އިނގިރޭސި ވިލާތުގެ ފިލްމު ހަދާ ރީޒް ފްރޭކް-ވޯޓާފީލްޑް ވަނީ ލޯ ބަޖެޓްގެ ހޮރޯ ފިލްމެއް "ވިނީ ދަ ޕޫ: ބްލަޑް އެންޑް ހަނީ" ހަދަން ފަށާފަ އެވެ. މި ފިލްމުގައި ޕޫ އާއި ޕިގްލެޓް ހޮމިސައިޑަލް މޭނިއަކްސް އަށްވެ އެވެ.

"ވިނީ ދަ ޕޫ" ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.