ފިނިޕޭޖް

"ބާބީ"ގައި މަސައްކަތްކުރުންވީ މަޖާ ތަޖުރިބާއަކަށް: ސިމޫ

"ބާބީ" ގެ ލައިވް އެކްޝަން ފިލްމުގައި މަސައްކަތްކުރުމަކީ ވަރަށް މަޖާ ތަޖުރިބާ އެއްކަމުގައި ސިމޫ ލިއު ބުނެފި އެވެ.

ވޯނާ ބްރަދާސް އިން ހަމަދުންދާ "ބާބީ"ގެ ލައިވް އެކްޝަން ފިލްމުގައި ބާބީގެ ރޯލް މާގޯ ރޮބީ އަދާކުރާއިރު، ކެންގެ ރޯލް އަދާކުރާނީ ރަޔާން ގޮސްލިން އެވެ. އަދި އެހެން ކެރެކްޓާތަކަށް ސިމޫ ލިއުގެ އިތުރުން އެމެރިކާ ފެރޭރާ، ކޭޓް މެކްކިނަން، ވިލް ފެރަލް އާއި ގިނަ ތަރިން މި ފިލްމުން ފެނިގެންދާނެ އެވެ.

މި ފިލްމުގެ ފިޔާތޮށި ކުލަޔާއި އެހެން ކުލަތަކުން ފުރިފައިވާ ދުނިޔެ ދައްކާ ޓްރޭލާ މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.

މާވެލްގެ "ޝެން-ޗީ އެންޑް ދަ ލެޖެންޑް އޮފް ޓެން ރިންގްސް"ގެ ތަރި ސިމޫ ލިއު ބުނީ ގްރޭޓާ ގާވިގްގެ ފިލްމްގެ ޓްރޭލާއިން އެ ފެންނަނީ އެ ފިލްމުގެ މައިގަނޑު ކަމަށާއި ޓްރޭލާ ބަލާލުމުން ފިލްމު ކުޅެން އުޅުނު އެންމެންގެ ތަޖުރިބާ ދެނެގަނެވޭނެ ކަމަށެވެ.

"ކޮންމެ ދުވަހަކުވެސް ސެޓްގައި އެންމެންވެސް އެވަރަށް ހީ ސަކަރާތްޖަހާ، ނަށާ ހަދާނެ. ދެން ކުރި މަސައްކަތެއްގެ ގޮތުގައި ޓްރޭލާއިން ފެނުމުން ވީ އިހްސާސްތަކަކީ އެއީ ހަގީގަތެއް ނޫންހެން،" ސިމޫ ލިއު ބުނެފައިވެ އެވެ.

ސިމޫ ބުނީ އޭނާއަށް ހީވާ ގޮތުގައި ފިލްމް ރިލީޒްކުރުމުގެ ކުރިން އިތުރު އެއް ޓްރޭލާ ނެރޭނެހެންނެވެ. އަދި ބެލުންތެރިން މި ފިލްމު ބެލުމަށް އޭނާ ވަރަށް ބޭނުންވެފައިވާ ކަމަށާއި ފިލްމު ރިލީޒްކުރަން ދެން އިތުރު ތަފްސީލް ހާމަނުކޮށް އޯޑިއަންސް އިންތިޒާރުގައިބ ބޭތިއްބުމަށް ބޭނުންވާ ކަމަށް ސިމޫ ބުންޏެވެ.

ރަޔާން ގޮސްލިން ވެސް ވަނީ މިފިލްމު ކުޅުމުގެ މަޖާ ތަޖުރިބާއާ މެދު ވާހަކަ ދައްކާފަ އެވެ.