ފިނިޕޭޖް

ތިން އަހަރަށް ފަހު މިއްލާ ޔޮވޮވިޗް ފިލްމެއް ކުޅެނީ

އެކްޝަން ފިލްމު ކުޅެން ލޯބިކުރާ ޔުކްރޭނިއަން-އެމެރިކަން އެކްޓްރެސް މިއްޔާ ޔޮވޮވިޗް ތިން އަހަރަށް ފަހު ފިލްމެއް ކުޅެނީ އެވެ.

މިއްލާ ކުޅޭ ފިލްމަކީ "ގޭމް އޮފް ތްރޯންސް" ލިޔުނު ޖޯޖް އާރްއާރް މާޓިންގެ ވާހަކައެއް ކަމުގައިވާ "އިން ދަ ލޮސްޓް ލޭންޑްސް"އަށް ބިނާކޮށްފައިވާ ފިލްމެކެވެ.

"އިން ދަ ލޮސްޓް ލޭންޑްސް" ޑައިރެކްޓް ކުރަނީ އަދި ލިޔެފައިވަނީ މިއްލާގެ ފިރިމީހާ ޕޯލް ޑަބްލިއުއެސް އެންޑާސަން އެވެ.

މި ފިލްމުގައި މިއްލާގެ އިތުރުން ލީޑް ރޯލް ކުޅޭނީ "ގާޑިއަންސް އޮފް ގެލެކްސީ"ގެ ޑޭވް ބޮޓިސްޓާ އެވެ.

މި ފިލްމަކީ 2015 ވަނަ އަހަރު މަސައްކަތް ފެށި ފިލްމެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެންމެ ރަނގަޅަށް ކުރިއަށް ނުގޮސް އޮތް ފިލްމެކެވެ. މިއްލާ ބުނި ގޮތުގައި އޭނާ ތިންވަނަ ދަރިއަކަށް ބަނޑުބޮޑުވެ، ވިހޭތާ ދެ ހަފްތާ ވީތަނާހެން ކޮވިޑް-19 ޕެންޑެމިކް ކުރިމަތިވެ މަސައްކަތަށް ލަސްތަކެއް އައީ އެވެ.

މި ފިލްމުގައި ފެންނާނީ ސޯސަރެސްއެއް ވެއާވުލްފަކަށް ބަދަލުވެވޭފަދަ ޖާދުވީ ބާރު ހޯދުމަށް ލޮސްޓް ލޭންޑްސްއަށް ދަތުރުކޮށް، މަސައްކަތް ކުރާ ތަނެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރު އެވެ.

"ދަ ފިފްތް އެލެމަންޓް"، "ހެލް ބޯއީ"، "އަލްޓްރާ ވައިލެޓް"، "ރެޒިޑެންޓް އީވަލް" ފަދަ ފިލްމުތައް ކުޅެފައިވާ މިއްލާ އެންމެ ފަހުން ފެނިފައިވަނީ 2020 ވަނަ އަހަރު ރިލީޒްކުރި "މޮންސްޓާ ހަންޓާ" އިންނެވެ.