މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ބޮޑު ސަރަހައްދަކަށް މޫސުން ގޯސް، ސަމާލުވޭ

ހދ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އިން ހާމަކުރި މައުލޫމާތަށް ބަލާއިރު މިއަދު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ އެވެ.

މޫސުން ގޯސްވެފައިވާތީ މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.