ފިނިޕޭޖް

"އެވެޓާ: ދަ ވޭ އޮފް ވޯޓާ" ބޯއިކޮޓްކުރަން ގޮވަނީ

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ޖޭމްސް ކެމެރަންގެ "އެވެޓާ"ގެ ސިކުއެލް "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ޑިސެމްބަރު 19ގައި ސިނަމާތަކުގައި އެޅުވި އެވެ. އެކަން ކުރީ މި މި ފިލްމު ބޮކްސް އޮފީހުގައި ހިނގާ، ބޮޑު ފައިދާއެއް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ.

މި ފިލްމަށް މިހާތަނަށް 497.2 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މި ފިލްމަށް ބައެއް މީހުން ތައުރީފް ކުރަމުންދާއިރު މި ފިލްމް ބޮއިކޮޓު ކުރުމަށްވެސް ބައެއް މީހުން ގެންދަނީ ގޮވާލަމުންނެވެ.

މިގޮތުން މައިގަނޑު ގޮތެއްގައި ދޮން ނަސްލުގެ އެކްޓަރުން ބޭނުންކޮށްފައިވާ "އެވެޓާ: ދަ ވޭ އޮފް ވޯޓާ"ގައި އެމެރިކާގެ ހަގީގީ ވަޒަންވެރިން ކަމުގައިވާ ނޭޓިވް އެމެރިކަންސް ނުވަތަ އިންޑިޖީނިއަސް މީހުންގެ ކަލްޗާ އެޕްރޯޕްރިއޭޝަން ހަދާފައިވުމާއި މި ފިލްމަކީ ނަސްލި ތަފާތުކުރުން ދައްކުވައިދޭ ފިލްމެއް ކަމަށް އޮތް ތުހުމަތު ބޮޑެވެ.

މި ފިލްމުގައިވެސް "އެވެޓާ"ގެ ފުރަތަމަ ފިލްމު ފަދައިން މައިގަނޑު ގޮތެއްގައި ފެންނާނީ ދޮން ނަސްލުގެ މީހަކު އައިސް ނާވީ މީހުން ސަލާމަތް ކުރާ ތަނެވެ. ނޫނީ "ވައިޓް މޭން ސޭވިއާ ކޮމްޕްލެކްސް" އެވެ.

ނާވަހޯ އާޓިސްޓެއް ކަމަށްވާ ޔޫއޭ ބިގޭ އާއި ބްރެޓް ޗެޕްމަން އާއި އެހެން އިންޑިޖީނިއަސް އިންފްލުއެންސާސް ބުނާ ގޮތުގައި މި ފިލްމުގައި ދޮން ނަސްލުގެ މީހެއްގެ ސޭވިއާ ކޮމްޕްލެކްސް ފުރިހަމަ ކުރުމުގެ ގޮތުން ނޭޓިވް އެމެރިކަންސްގެ ސަގާފަތުގެ ނާޖާއިޒު ފައިދާ ނަގާފައިވެ އެވެ.

މި ކަންތަކުގައި ތެރޭގައި 2010 ގައި ޖޭމްސް ކެމެރަން ދަ ގާޑިއަންއަށް ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކެއްވެސް ދައުރުވަމުންދެ އެވެ.

"އެވެޓާ: ދަ ވޭ އޮފް ވޯޓާ" ބޯއިކޮޓް ކުރުމަށް ގޮވަމުންދާއިރު ފިލްމުގެ ދިފާއުގައި ވާހަކަދައްކާ މީހުން ބުނާ ގޮތުގައި މިއީ ފިކްޝަނަލް ފިލްމެއް ކަމަށާއި ނަސްލީ ތަފާތުކުރުމާ ނުގުޅުވުމަށް އެދެ އެވެ.