މޯލްޑިވްސް ޕޮލިސް ސާވިސް

ބްރިޖް ކައިރީ އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާ ވެއްޖެ

މާލެ އިން ސިނަމާލެ ބްރިޖަށް އަރާ ހިސާބުގައިވާ ޓްރެފިކް ލައިޓްތައް ކައިރީގެ އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 8:50 ހާއިރު ކަމަށާއި އެކްސިޑެން ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.

ސައިކަލުގައި ތިބި ދެ މީހުންނަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަނިޔާވެފައިވަނީ ފިރިހެނަކާއި އަންހެނަކަށެވެ. މި ދެ މީހުން ވަނީ އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެކްސިޑެންޓުގައި ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ މަޑުކޮށްގެން އޮތް ކާރެއްގައި ސައިކަލުން ޖެހިގެން ކަމަށާއި އަނިޔާ ލިބުނު މީހުންގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.