ހަބަރު

އުމުރުފުރާތަކަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތައް ހިންގަން ރައީސް އެދިވަޑައިގެންފި

Jan 22, 2015

ރާއްޖޭގައި އެހެން ދީންތައް ފެތުރުނަ  ފުރުސަތު ނުދީ އެކި އުމުރުފުރާތަކަށް އަމާޒުކޮށ ހާއްސަ ދީނީ ޕްރޮގްރާމްތައް ހިންގައި ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ރާއްޖެ އިސްމްވި ދުވަހުގެ މުނާސަބަތާ ގުޅުވައި އެމަނިކުފާނު ނެރުއްވި ހިތޯބެއްގައި ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ ޒިކުރާ އާކުރަމުންދާއިރު ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ފަރުލު ތަކަށް ރައްކާތެރިވުމުގެ މުހިންމުކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ.

"ޚާއްޞަކޮށް، ބޮޑެތިވަމުން އަންނަ އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތަކުގަޔާއި ޒުވާނުންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް އޮންނަންވާ ލޯތްބާއި އިޙްތިރާމާއި ޤަދަރު އިތުރުކުރުމަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެން އެންމެންނާއި އަދި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއްގެ މުހިންމު ޒިންމާއެއް ކަމަށް ދެކި، މިރޮނގުން ޚާއްޞަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ގަބޫލުކުރަން އެބަޖެހެއެވެ." ރައީސް ވިދާޅުވެފައި ވެއެވެ.

އެ މަނިކުފާނު ވިދާޅުވީ ކަމާބެހޭ އެންމެހައި މުއައްސަސާތަކުން އެކި ޢުމުރުފުރާއަށް އަމާޒުކޮށް، ދީނީ ހާއްސަ ޕްރޮގްރާމްތަކެއް ހިންގައި ދިނުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ މާތްﷲ ރާއްޖެއަށް މިންވަރު ކުރައްވާފައިވާ އެންމެ މަތިވެރި އަދި އެންމެބޮޑު ނިޢުމަތަކީ، ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ ލެހެއްޓެވުން ކަމަށާއި  އެ ދީނުގެ މަތިވެރި ޢަޤީދާގައި އަދި އެ ދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ، ހކޮންމެ މީހެއްގެ މައްޗަށްވެސް އޮތް ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށެވެ. އަދި އެ ވާޖިބު ފުރިހަމައަށް އަދާކުރަން ޢަޒުމު ކަނޑައަޅަން ވެސް ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

މީގެ އިތުރުން ބޭރުން ރާއްޖެއަށް އަންނަ ދީނާ ޚިލާފު އެކިއެކި ނުފޫޒުތަކާ ދޭތެރޭގައި ވިސްނައި ދިވެހިންގެ ދީނީ ޢަޤީދާ ބަލިކަށިކޮށްލައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރާއްޖޭގައި ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެއްވެސް ފުރުޞަތެއް ނުދެއްވުމަށްވެސް  ރައީސް އެދި ވަޑައިގެންނެވި އެވެ.