މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

Dec 22, 2022

ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ފުލުހުން ހައްޔަރުކުރީ ޅ. އަތޮޅު ކުރެންދޫ އަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހައިދީފައިވެ އެވެ.

ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހާ އަކީ މީގެކުރިންވެސް މީހަކަށް މަރުގެ އިންޒާރު ދިނުމުގެ ރެކޯޑް އޮތް މީހެކެވެ.

ފުލުހުންނަށް މަރުގެ އިންޒާރު ދިން ބައެއް މީހުން މީގެކުރިންވެސް ހައްޔަރުކޮށް ދައުވާކޮށް އަދި ޖަލަށްވެސް ލާފައިވެ އެވެ.