ފިނިޕޭޖް

ޑަކޯޓާ ޖޯންސަންގެ އިސްތަށިގަނޑަށް ބޮޑު ބަދަލެއް

ޑަކޯޓާ ޖޯންސަން "ޑެޑިއޯ" އަށް، އޭނާގެ ދިގު އިސްތަށިގަނޑު ކޮށާލައި، ޕްލެޓިނަމް ބްލޮންޑްކޮށްފި އެވެ.

އުމުރުން 33 އަހަރުގެ ޑަކޯޓާ އާންމުކޮށް އިސްތަށިގަނޑު ބަހައްޓަނީ، ލައިޓް ބްރައުން ނޫނީ ހަނީ ބްލަންޑް ކުލައިގައި، މޫނު މައްޗަށް ބޭންގްސް ލާފަ އެވެ.

ޑަކޯޓާ ޓީން ދުވަސް ވަރާއި ކެރިއަރުގެ ކުރީކޮޅު އިސްތަށިގަނޑުގެ ކުލަ ބެހެއްޓީ އޭނާގެ މަންމަ މެލަނީ ގްރިފިތްގެ އިސްތަށިގަނޑާ ގާތްކުރާ ބްލޮންޑްގެ ޝޭޑެއްގަ އެވެ.

ޑަކޯޓާ މީގެ ކުރިން "ފިފްޓީ ޝޭޑްސް އޮފް ގްރޭ"ގެ ފިލްމްތަކަށް އިސްތަށިގަނޑުގައި ބްރައުން ކުލަވެސް ޖެއްސި އެވެ.

ޑަކޯޓާ މިހާރު ޝޫޓްކުރަމުންދާ "ޑެޑިއޯ" ގައި ޑަކޯޓާއާ އެކު ލީޑް ރޯލް ކުޅޭނީ ޝޯން ޕެން އެވެ. މި ފިލްމަކީ ކްރިސްޓީ ހޯލް ލިޔެ ޑައިރެކްޓް ކުރާ ފިލްމެކެވެ.

ޑަކޯޓާ އެންމެ ފަހުން ފެނިފައިވަނީ "ޗާ ޗާ ރިއަލް ސްމޫތް" އާއި "ޕަސުއޭޝަން" އިންނެވެ. އަދި ސޮނީގެ ސްޕައިޑަމޭން ޔުނިވާސްގެ "މެޑަމް ވެބް" ފިލްމްގައި ލީޑް ރޯލް ޑަކޯޓާ ކުޅޭނެ އެވެ.