ފިނިޕޭޖް

ނޮއާ ބޯމްބެކްގެ "ވައިޓް ނޮއިޒް" ނެޓްފްލިކްސްއަށް

ނޮއާ ބޯމްބެކްގެ "ވައިޓް ނޮއިޒް" ފިލްމް ނެޓްފްލިކްސްގައި މިމަހު 30 ގައި ރިލީޒް ކުރަނީ އެވެ.

ކޯވިޑް-19 ޕެންޑެމިކް ދުވަސްވަރު ނޮއާ ބޯމްބެކް ހަދާނެ ޕްރޮޖެކްޓަކާ މެދު ވިސްނަނިކޮށް 1985 ގައި ޑޮން ޑިލީލޯ ލިޔެފައިވާ "ވައިޓް ނޮއިޒް" ފޮތް ނޮއާގެ ސަމާލުކަމަށް އައެވެ.

އެ ވާހަކައިގައި އެއާބޯން ޓޮކްސިކް އިވެންޓެއް ހިނގާ، ކޯވިޑް-19 ފަދައިން ކަންތައްތައް ހުއްޓި، މީހުންގެ އާންމު ދިރިއުޅުން މެދުކެނޑެ އެވެ. އެހެންކަމުން ނޯއާ ނިންމީ މި ވާހަކައަށް ފިލްމެއް ހަދާށެވެ.

މި ފިލްމްގައި އެޑަމް ޑްރައިވާ، ޑޮން ޗީޑްލް އަދި ނޮއާގެ ހަޔާތުގެ ބައިވެރިޔާ އެކްޓްރެސް، ރައިޓާ އަދި ޑައިރެކްޓާ ގްރޭޓާ ގާވިގް ހިމެނެ އެވެ.

1980ގެ އަހަރުތަކަށް ސެޓްކޮށްފައިވާ މި ފިލްމްގައި މައިގަނޑު ގޮތެއްގައި ފެންނާނީ ގްލެޑްނީ ދެމަފިރިންނާއި ހަތަރު ދަރިންގެ ވާހަކަ އެވެ. އަދި ޕްރޮފެސާ ޖެކް ގްލެޑްނީގެ ކޮލީގް ޕްރޮފެސާ މަރޭ ސިސްކައިންޑްގެ ބައި ވެސް މުހިއްމެވެ. އެ ރަށުގައި ޓްރޭން އެކްސިޑެންޓަކަށްފަހު، އެއާބޯން ޓޮކްސިކް އިވެންޓެއް ހިނގުމުން، އެންމެންގެ ހަޔާތް ބަދަލުވެ، ހުއްޓުމަކަށް އައިސް ބައިވަރު ކަންތައްތައް ވެއެވެ.

މި ފިލްމަށް މައިގަނޑު ގޮތެއްގައި މިހާތަނަށް ލިބިފައިވަނީ ރަނގަޅު ކޮމެންޓްތަކެކެވެ.