ރައީސް މުހައްމަދު ނަޝީދު

ހިޔާނާތްތަކަށް ފުރިހަމަ ތަހުގީގެއް ނުހިންގުނު: ނަޝީދު

ރައީސް މުހައްމަދު ނަޝީދު. ހިޔާނާތްތަކުގެ މައްސަލަތައް ބަލާ ފުރިހަމަ ތަހުގީގެއް ނުހިންގޭ ކަމަށް ވިދާޅުވި--- ފޮޓޯ: އަވަސް
0%
0%
0%

ހިޔާނާތްތަކުގެ މައްސަލަތައް ބަލާ ފުރިހަމަ ތަހުގީގެއް ނުހިންގުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ވެންޓިލޭޓަރުގެ ހިޔާނާތްތައް ދައުވާކޮށް ހުކުމް އިއްވުމުން ފައިސާއަށް ވީގޮތް ސާފުވާނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދައުރު ނިމޭއިރު މި އިން އެއްވެސް ކަމަކަށް ކާމިޔާބު ތަހުގީގެއް ހިންގާ ދައުވާ ނުއުފުލޭ ކަމަށް ވިދާޅުވި އެވެ.

"ރައީސް ސޯލިހް ގެ ދައުރު މި ނިމެނީ. އަދި މި އިން އެއްވެސް ކަމަކަށް ކާމިޔާބު ތަހުގީގެއް ހިންގާ ދައުވާ އުފުލިފައެއް ނެތް." ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވި އިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވަނީ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަނެ ސަޕްލައި ކުރުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކުރި ފައިސާ އަށް ފަހު ވެންޓިލޭޓަރު ލިބިފައި ނުވާތީ ތިން ބޭފުޅަކަށް ދައުވާކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910