ފިނިޕޭޖް

"ގްލާސް އަނިޔަން: އަ ނައިވްސް އައުޓް މިސްޓްރީ" ބަލައިފިންތަ؟

ބެނުއާ ބްލާންކްގެ އާ ކޭސް -- "ގްލާސް އަނިއަން: އަ ނައިވްސް އައުޓް މިސްޓްރީ" މިހާރު ނެޓްފްލިކްސް އިން ފެންނާނެ އެވެ.

2019 ގައި ރިލީޒްކުރި މިސްޓްރީ "ނައިވްސް އައުޓް" އާއި "ގްލާސް އަނިއަން: އަ ނައިވްސް އައުޓް މިސްޓްރީ"ގެ ލީޑް އެކްޓަރަކީ ޖޭމްސް ބޮންޑްގެ ރޯލް ގިނަ އަހަރުތަކެއް ވަންދެން އަދާކުރި ޑެނިއަލް ކްރޭގް އެވެ.

އޭނާ މި ފިލްމްގައި އަދާކުރަނީ ޑިޓެކްޓިވް ބެނުވާ ބްލާންކްގެ ރޯލެވެ.

"ނައިވްސް އައުޓް" ގައި ޑެނިއަލް ކްރޭގް ފިޔަވައި ހިމެނެނު ކާސްޓް ސިކުއެލްގައި ނުހިމެނެ އެވެ. އެގޮތުން "ގްލާސް އަނިއަން: އަ ނައިވްސް އައުޓް މިސްޓްރީ"ގެ ކާސްޓްގައި އެޑްވަޑް ނޯޓަން، ކޭޓް ހަޑްސަން، ޖެނޭލް މޮނޭ، ކެތެރިން ހާން، ޑޭވް ބޯޓިސްޓާ އަދި މެޑެލިން ކްލައިން ފަދަ ތަރިންވެސް ފިލްމުގައި ހިމެނެ އެވެ.

މީގެ އިތުރުން މަޝްހޫރު އެތައް ތަރިންގެ ކެމިއޯ ރޯލް މިފިލްމުގައި ފެނެ އެވެ. މީގެތެރޭގައި ހިއު ގްރާންޓް، އީތަން ހޯކް، ޔޯޔޯ މާ، ސެރީނާ ވިލިއަމްސް ފެންނައިރު، އެންޖެލާ ލޭންސްބަރީ، ސްޓީވަން ސޮންޑްހައިމް، ކަރީމް އަބްދުލް ޖައްބާރު، ނަތާޝާ ލިޔޯން އާއެކު ޒޫމް ކޯލްއަކުން ޑެނިއަލްގެ ކެރެކްޓާއާ އެކު އެމޯންގް އަސް ގޭމް ކުޅޭތަން ފެނެ އެވެ.

ޖުމްލަ ގޮތެއްގައި ބަލާއިރު، މިއީ ހިތްގައިމު މަންޒަރުތަކަކާއި މޮޅު އެކްޓިންގެ އިތުރުން އަޖައިބު ޓްވިސްޓްތަކެއް ހިމެނޭ މޮޅު ފިލްމެކެވެ. އަދި ފުރަތަމަ ފިލްމާ ހިލާފަށް، މި ފިލްމްގެ ސީރިއަސްކަން މަދުވެފައި، މަޖާ ޓޯންއެއް ހިމަނާފައިވެ އެވެ. މި ފިލްމުން އެންމެ ފާހަގަކޮށްލެވެނީ ޖެނޭލް މޮނޭ އާއި ޑެނިއަލް ކްރޭގްގެ އެކްޓިން އެވެ. މި ފިލްމްގެ ޑައިރެކްޓަރުގެ މޮޅުބ ކަމަށްވެސް ތައުރީފް ލިބިފައިވެ އެވެ.

ރިއަން ޖޯންސް ލިޔެ، ޑައިރެކްޓްކުރި މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ ގްރީސްގަ އެވެ. މި ފިލްމްގެ ވާހަކަ ގާތްކުރަނީ އަގާތާ ކްރިސްޓީގެ ހަކިއުލް ޕޮއިރޯގެ ފޮތްތަކާއެވެ.