ފިނިޕޭޖް

ކްރިސް ޕްރެޓް ކުޅަނދުރަކަށް ވުރެއް މޮޅެއް ނުވި

"ގާޑިއަންސް އޮފް ދަ ގެލެކްސީ"ގެ ސްޓާ ލޯޑްގެ ރޯލް އަދާކުރާ އަދި ގިނަ އެކްޝަން ފިލްމްތަކެއް ކުޅޭ ކްރިސް ޕްރެޓް އަކީ ގިނަ ހުނަރުތަކެއް ހުންނަ ތަރިއެކެވެ. އެކަމަކު ކުޅަނދުރު ގެންގުޅުމުގެ ހުނަރު އަދި ދަހެއް ނުވެ އެވެ.

އިންސްތަގްރާމްގައި ކްރިސް ޕޯސްޓްކުރި ވީޑިއޯއެއްގައި ކަޅު ކުލައިގެ އައިނެއް އަޅައިގެން ހުރެ ބުނީ އޭނާ ފޮލޯ ކުރާ ވަރަށް ހިތްވަރުގަދަ ކުޅަނދުރު ގެންގުޅޭ އަންހެނެއް ކަމުގައިވާ އޭރިކާ ތޮމްޕްސަން ހެދިގޮތަށް ކުޅަނދުރު ހަތައެއްގެ ކައިރިއަށް ގޮސް އެ ކޮންޓްރޯލް ކުރަން އުޅުމުން، ކްރިސްގެ ވައަތު ލޮލުގައި ކުޅަނދުރެއް ކަށިޖެހީ ކަމަށެވެ. އެހެން ބުނެ އައިނު ނެގިއިރު، ވައަތު ލޯ އިނީ ދުޅަވެފަ އެވެ.

ކްރިސް ބުނީ އޭރިކާގެ ވީޑިއޯތައް ބަލާފައި ކްރިސްއަށްވެސް ކުޅަނދުރު ކޮންޓްރޯލް ކުރެވިދާނެ ކަމުގެ ކުށްހީއެއް ކުރެވުނީ ކަމަށެވެ.

މި ޕޯސްޓްގެ ރައްދުގައި އޭރިކާ ބުނެފައިވަނީ މާރިއޯ ކުޅަނދުރު ގެންގުޅުމާއި އެހެން ޕްރޮފެޝަން އޭރިކައަށް ދޫކޮށްފައި، ޕްރިންސަސް ސަލާމަތްކުރަން ސަމާލުކަން ދިނުމަށެވެ. އޭރިކާ އިޝާރާތްކޮށްފައިވަނީ ކްރިސް މިހާރު ޝޫޓްކުރަމުންދާ "ސުޕާ މާރިއޯ" ފިލްމަށެވެ.

މި ޕޯސްޓުގައި ފޭނުންގެ ކޮމެންޓްތަކުގައި މައިގަނޑު ގޮތެއްގައި ވަނީ އެ ހާދިސާއާ ގުޅިގެން ނުހޭން ހުއްޓަސް ހިނި އައި ކަމަށާއި ކްރިސް ޕްރެޓް ވިޔަސް މިފަދަ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.