ފިނިޕޭޖް

"މެޓިލްޑާ ދަ މިއުޒިކަލް" ނެޓްފްލިކްސްއަށް އަންނަނީ

ކުޑަކުދިންގެ ވާހަކަ ލިޔާ ރޯލްޑް ޑާލް "މެޓިލްޑާ" ވާހަކަ ލިޔުނީ 1988 ވަނަ އަހަރު އެވެ. މި ވާހަކައަށް ޖާޒީ ފިލްމްސް އިންނާއި ޓްރިސްޓާއިން 1996 ވަނަ އަހަރު ފިލްމެއް ވެސް ހެދިއެވެ.

ޓްރައިސްޓާ އިން "މެޓިލްޑާ"ގެ މިއުޒިކަލް ފިލްމެއް ހަދައި، ނޮވެމްބަރުގައި ލިމިޓެޑް ރިލީޒްއަށްފަހު މިމަހުގެ ނުވަވަނަ ދުވަހު އާންމުކޮށް ރިލީޒްކޮށްފައިވެ އެވެ. އަދި މި މިއުޒިކަލް ފިލްމް ނެޓްފްލިކްސްގައި މިމަހު 25 ގައި ރިލީޒްކޮށްފައިވެ އެވެ.

މެތިއު ވާކަސް ޑައިރެކްޓްކުރި "މެޓިލްޑާ"ގެ ކާސްޓަށް ބަލާލާއިރު، އޮސްކާ އެވޯޑް ލިބިފައިވާ އެމާ ތޮމްސަން މިސް ޓްރަންޗްބުލްގެ ރޯލް އަދާކޮށްފައިވެ އެވެ.

މެޓިލްޑާގެ ރޯލް އެލީޝާ ވައަ އަދާކުރާއިރު، މިސް ހަނީގެ ރޯލް އަދާކުރީ ލަޝާނާ ލިންޗެވެ. މީގެ އިތުރުން ސްޓީވަން ގްރޭމް އާއި އެންޑްރިއާ ރައިސްބަރާ އަދާކުރީ މެޓިލްޑާގެ މައިންބަފައިންގެ ރޯލެވެ.

މި ފިލްމްގެ ޝޫޓިން ތެރޭގައި 63 އަހަރުގެ އެމާ ތޮމްޕްސަން ވެއްޓި، ފައިގެ ކުޑަހުޅު ރެނދުލީ ކަމަށް ބުންޏެވެ. އެލީޝާ ވައަ ފުރަތަމަ ފަހަރަށް އެމާ އާ ބައްދަލުވިއިރު ހުރީ ކޮސްޓިއުމްގައި ނޫން ކަމަށާއި އެމާ "ލަވްލީ" ކަމަށް ބުންޏެވެ. އަދި އެމާ މިސް ޓްރަންޗްބުލްގެ ކޮސްޓިއުމްގައި އާއި ޝޫޓިންގައި ވަރަށް ބިރުވެރި ކަމަށްވެސް އެލީޝާ ބުންޏެވެ.

ޑެނީ ޑިވީޓޯ ޑާއިރެކްޓްކުރި "މެޓިލްޑާ"ގެ ފުރަތަމަ ފިލްމްގައި ޑެނީ ޑިވީޓޯ، މާރާ ވިލްސަން، ރިއާ ޕާލްމަން، އެމްބެތް ޑޭވިޑްޒް އަދި ޕެމެލާ ފެރިސް އެކްޓްކޮށްފައިވެ އެވެ.

މި ފިލްމަށް ޕޮޒިޓިވް ރިވިއު ލިބިފައިވާއިރު ވިޔަފާރީގެ ނަޒަރަކުން ބަލާއިރު ބޮކްސް އޮފީހުގައި އެހާ ހިނގާފައެއް ނުވެ އެވެ.