ވިޔަފާރި

ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް އދ އިން ލަފާކުރާވަރު އިތުރު

Jan 22, 2016
1

މިއަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 6.7 ޕަސެންޓްގައި ކަމަށް އދ އިން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ. ފިނޭންސް މިނިސްޓްރީ އިން ލަފާކޮށްފައި ވަނީ އިގްތިސާދު ކުރިއަރާނީ، 6.4 ޕަސެންޓްގައި ކަމަށެވެ.

ކޮންމެ އަހަރެއް ފެށުމާ އެކު އިގްތިސާދުތައް ކުރިއަރާނެ ގޮތުގެ މައްޗަށް އދ އިން އެކުލަވާލާ، "ވޯލްޑް އިކޮނޮމިކް ސިޗުއޭޝަން އެންޑް ޕްރޮސްޕެކްޓަސް ރިޕޯޓް 2016" ގައި ބުނެފައި ވަނީ، އިންޑިއާ ނޫން މި ސަރަހައްދުގެ އިގްތިސާދުތައް މިއަހަރު ކުރިއަރާނެ ކަމަށެވެ. އަދި އިންޑިއާގެ އިގްތިސާދު ކުރިއެރުން ދަށަށް ދަނީ އިގްތިސާދީ ގޮންޖެހުންތަކުގެ ސަަބަބުން ކަމަށް އދ އިން ވަނީ ފާހަގަކޮށްފަ އެވެ.

އިގްތިސާދުތަކުގެ ތެރެއިން މިއަހަރު ވެސް އެންމެ ބޮޑަށް ކުރިއަރާނީ އޭޝިޔާ ބައްރުގެ އިގްތިސާދު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ރާއްޖޭގައި ފަށާ މެގަ ޕްރޮޖެކްޓްގެ ސަބަބުން މިއަހަރުގެ ތެރޭގައި ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އައިއެމްއެފްއިން ވެސް ވަނީ ލަފާކޮށްފަ އެވެ.