ނިޝާމާ މުހައްމަދުގެ މަރު

ނިޝާމާގެ ހަށިގަނޑު ވަޅުލައިފި

Dec 24, 2022
ނިޝާމާ މުހައްމަދު
0%
0%
0%

ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ މިމަހުގެ 10 ވަނަ ދުވަހު ފެނުނު އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ހަށިގަނޑު ވަޅުލައިފި އެވެ.

މިރޭގެ މަޣްރިބް ނަމާދަށްފަހު ނިޝާމާގެ ހަށިގަނޑު ވަޅުލީ އާސަހަރާގަ އެވެ.

ނިޝާމާގެ ހަށިގަނޑު ވަޅުލާފައިވަނީ މިވަނީ ރާއްޖެއިން ބޭރުގައި ޕޯސްޓްމޯޓަމެއް ހެދުމަށްފަހު ހަށިގަނޑު މިއަދު މާލެ ގެނައުމަށްފަހު އެވެ.

ޕޯސްޓްމޯޓަމްގެ ނަތީޖާ ކަމާ ގުޅޭ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ނިޝާމާގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ އޭނާގެ ފިރިމީހާ، އދ. ފެންފުށި، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހދ. ކުޅުދުއްފުށީގައި ހުއްޓާ ދަންޖެހުނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 11:15 ހާއިރު އެވެ.

ފައިސަލް ދަންޖެހުމުން ފުލުހުން ވަނީ އޭނާ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފަ އެވެ. އެ ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ފައިސަލް މަރުވީ މިމަހުގެ 19 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910