ފިނިޕޭޖް

"ޕުސް އިން ބޫޓްސް: ދަ ލާސްޓް ވިޝް" އަށް ތަރުހީބު

ޑްރީމްވާކްސްގެ "ޝްރެކް" ފިލްމް ފްރެންޗައިޒްގެ ސްޕިން އޮފް، "ޕުސް އިން ބޫޓްސް" ގެ ސިކުއެލް ރިލީޒްކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

މި ފިލްމްގެ ފުރަތަމަ ފިލްމް 2011ގައި ނެރެފާވާއިރު 11 އަހަރު ފަހުން ނެރުނު މި ސިކުއެލް "ޕުސް އިން ބޫޓްސް: ދަ ލާސްޓް ވިޝް" އަށް ފުރަތަމަ ފިލްމަށްވުރެއް ބޮޑު ތަރުހީބާއި ކްރިޓިކްސްގެ ފަރާތުން ތައުރީފް ލިބެމުން އެބަދެއެވެ. މިގޮތުން މި ފިލްމްގެ އެނިމޭޝަންއާއި ތީމް، ވޮއިސް އެކްޓިން އާއި ހެއްވާލާ ގޮތް ފުރަތަމަ ފިލްމަށްވުރެއް މޮޅުކަން ފާހަގަކޮށްފައިވެ އެވެ.

މި ފިލްމަށް ރޮޓަން ޓޮމާޓޯޒްގައި 112 މީހުންގެ ރިވިއުޒްއާއެކު ޓޮމާޓޯމީޓާއިން 96 ޕަސެންޓްގެ ސްކޯއަކާއި 93 ޕަސެންޓް އޯޑިއަންސް ސްކޯ ލިބިފައިވެ އެވެ. ޖޮއެލް ކްރޯފޯޑް ޑައިރެކްޓްކުރި މި ފިލްމް ވަނީ 80 ވަނަ ގޯލްޑަން ގްލޯބް އެވޯޑްސް ގައި ބެސްޓް އެނިމޭޓަޑް ފީޗާ ފިލްމަށް ނޮމިނޭޓް ވެފައެވެ.

މި ފިލްމަކީ 90 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. މި ފިލްމަށް ތިން ދުވަސްތެރޭ 28،563،190 ޑޮލަރު ލިބިފައިވެ އެވެ.

މި ފިލްމްގެ ވޮއިސް ކާސްޓްގެ ތެރޭގައި ޕުސް އިން ބޫޓްސްގެ އަޑުގައި އެންޓޯނިއޯ ބެންޑޭރާސް، ކިޓީ ސޮފްޓްޕޯޒްގެ އަޑުގައި ސަލްމާ ހަޔެކް، ފްލޮރެންސް ޕިއު ގޯލްޑިލޮކްސްގެ އަޑުގައި، ހާވީ ޖިއުލިއެން ޕެރީޓޯގެ އަޑުގައި ހިމެނެއެވެ. މީގެ އިތުރުން އޮލީވިއާ ކޯލްމަން، ރޭ ވިންސްޓޯން، ސެމްސަން ކަޔޯ، ޖޯން މުލާމީ އަދި ވެގްނާ މޫރާ ފަދަ ތަރިންގެ އަޑު މި ފިލްމުގައި ހިމެނެއެވެ.

ޑްރީމްވާކްސް އިން 2001 ވަނަ އަހަރު ރިލީޒްކުރި "ޝްރެކް" އަށް ބެސްޓް އެނިމޭޓަޑް ފީޗާ ލިބުނެވެ. "ޝްރެކް" ފިލްމުތަކުގައި މެކްސިކަން އެކްސެންޓަކުން ވާހަކަ ދައްކާ، ބޫޓަށް އަރައިގެން އުޅޭ ކަނޑި ހަނގުރާމަ ކުރަން ދަންނަ "ސްވޮޝްބަކްލިން" ބުޅަލެއް އުޅެއެވެ. އަދި މި ކެރެކްޓާ ބިނާކޮށްފައިވަނީ އެ ނަމުގެ ފެއަރީޓޭލްގެ ކެރެކްޓާއަށެވެ. އެހެން ނަމަވެސް "ޕުސް އިން ބޫޓްސް" ގައި މި ކެރެކްޓާއަށް ބެކް ސްޓޯރީއެއް ލިބި ފެއަރީ ޓޭލް އާ ތަފާތުވެގެން ދެއެވެ.