ފިނިޕޭޖް

ރޮނަން ވިބާ 58 އަހަރުގައި މަރުވެއްޖެ

"ސޭވިން މރ. ބޭންކްސް" ކުޅުނު ބްރިޓިޝް އެކްޓަރެއް ކަމުގައިވާ ރޮނަން ވިބާ 58 އަހަރުގައި މަރުވެއްޖެ އެވެ.

ދަ ހޮލީވުޑް ރިޕޯޓާ އަށް ދިން ބަޔާނެއްގައި ރޮނަންގެ މެނޭޖަރު ޝެރަން ވިޓްރޯ ބުނީ ރޮނަން މަރުވެފައިވަނީ ދުވަސްކޮޅަކު ބަލިވެ އުޅުއްވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ފްލޮރިޑާގެ ހޮސްޕިޓަލެއްގައި ކަމަށެވެ.

ރޮނަން ބަލިވި ސަބަބު ނުވަތަ އެއީ ކޮން ބައްޔެއްތޯ އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރޮނަން މަރުވިއިރު އަނބިމީހާ ޖެސް ގްރޭންޑް ވިބާ ކައިރީގައި ހުރި ކަމަށްވެ އެވެ. މި ދެމަރިންނަށް ދަރިއަކު ލިބިފައެއް ނުވެ އެވެ.

އިނގިރޭސިވިލާތުގެ ކޭމްބްރިޖްޝަޔާގައި އުފަންވި ރޮނަންގެ ކެރިއާގައި ފާހަގަކޮށްލެވޭ ޝޯ އަދި ފިލްމުތަކުގެ ތެރޭގައި "ޓްރެފިކް"، "ބާޑްސް އޮފް އަ ފެދަ"، "ޝެޑޯ އޮފް ދަ ވެމްޕަޔަ"، "ދަ ޕިއާނިސްޓް"، "ލާރާ ކްރޮފްޓް: ދަ ކްރޭޑްލް އޮފް ލައިފް، "ޓްރިސްޓަން+އިސޯލްޑް"، "ދަ ބޯޖިއާސް"، "ކާނިވަލް ރޯ"، "ޕެނީ ޑްރެޑްފުލް" ހިމެނެ އެވެ.

ރޮނަން އެންމެ ފަހުން ފެނިފައިވަނީ "ދަ ސްނޯމޭން" އާއި "ދި އޭލިއަނިސްޓް" އިންނެވެ.