ފިނިޕޭޖް

ދަ ހޮބްސް ސިސްޓާސްގެ ލޯރެން ކައިވެނިކޮށްފި

ދަ ހޮބްސް ސިސްޓާސްގެ ލޯރެން ހޮބްސް އާއި ޑްރަމާ ނީލް ޔަކޮޕިން ކައިވެނިކޮށްފި އެވެ.

މި ދެ ލޯބިވެރިން ކައިވެނިކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ޓެނެސީގެ ނޭޝްވިލްގެ މިންޓް ސްޕްރިންގްސް ފާމްގަ އެވެ.

މި ކައިވެނީގެ ހަފްލާގައި 120 އަށް ވުރެ ގިނަ މެހެމާނުން ބައިވެރިވި އެވެ. މީގެތެރޭގައި ގިނައީ ދެ ފަރާތުގެ އާއިލާ މެންބަރުންނާއި ގާތް ރައްޓެހިންނެވެ.

ލޯރެން ކައިވެނިކުރީ ހުދު ކުލައިގެ މާމެއިޑް ވެޑިން ޑްރެސްއެއްގަ އެވެ. ނީލް އާއި ގްރޫމްސްމެން ލީ ކަޅުކުލައިގެ ޓަކްސީޑޯ އެކެވެ.

ލޯރެން އާއި ނީލް މީގެ ފަސް އަހަރު ކުރިން ދިމާވި ނަމަވެސް، ލޯބީގެ ގޮތުން ގުޅިފައިވަނީ 2019ގެ ފަހުކޮޅެވެ. އަދި އެންގޭޖް ވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހު އެވެ.

ދަ ހޮބްސް ސިސްޓާސް އަކީ އައިޑެންޓިކަލް ޓްވިންސް ހެނާ އާއި ލޯރެން އިން ހިމެނޭ ބޭންޑެކެވެ.

މި ދެބެން ވަނީ "އިފް ޔޫ ވޯންޓަޑް ޓު" އާއި "ލަވް ބްރޭކްސް އޯލް ދަ ރޫލްސް" ފަދަ ހިޓް ލަވަތައް ކިޔާފަ އެވެ. ނީލް އަކީ ކަންޓްރީ ސިންގަ ނޭޓް ސްމިތްގެ ޑްރަމާ އެވެ.