ފިނިޕޭޖް

"ޑިއުން: ޕާޓް 2" ނެރޭނީ އަންނަ ނޮވެމްބަރުގައި

މިދިޔަ އަހަރުގެ އޮކްޓޫބަރު 21 ވަނަ ދުވަހު ނެރުނު "ޑިއުން"ގެ ދެވަނަ ޕާޓްގެ ޝޫޓިން ނިމި އަންނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ރިލީޒްކުރަން ނިންމައިފި އެވެ.

"ޑިއުން" އަކީ 1965 ވަނަ އަހަރު ފްރޭންކް ހާބަޓް ލިޔުނު "ޑިއުން" ވާހަކައަށް ބިނާކޮށްފައިވާ ފިލްމެކެވެ. މި ވާހަކަ ވަނީ ދެ ފިލްމަށް ބަހާލާފަ އެވެ. މި ފިލްމްގެ ޝޫޓިން ޖުލައި މަހު ވަނީ ފަށާފަ އެވެ.

މި ވާހަކައަށް މީގެ ކުރިން ފިލްމަކާއި ޓީވީ ސީރީޒް އަދި އޭގެ ސްޕިންއޮފްސް ހަދާފައިވެ އެވެ.

މި ފިލްމްގައި ޓިމޮތޭ ޝަލަމޭ، ޒެންޑާޔާ ކޯލް، ރެބޭކާ ފާގަސަން، ޖޯޝް ބްރޯލިން، ސްޓެލަން ސާސްގާޑް، ޑޭވް ބޯޓިސްޓާ، ފްލޮރެންސް ޕިއު، ހާވިއާ ބާޑެމް، ކްރިސްޓޮފާ ވޯކަން އަދި އޮސްޓިން ބަޓްލާ ހިމެނެ އެވެ.

މި ފިލްމްގައި ޕޯލް އެޓްރީޑިސް (ޓިމޮތޭ ޝަލަމޭ)، އޭނާގެ އާއިލާގެ ދުވަސްދުއްވާލި މީހުންގެ ކިބައިން ބަދަލުހިފުމަށް މަސައްކަތްކުރާ ތަން ފެންނާނެ އެވެ. މިގޮތުން ޗަނީ (ޒެންޑާޔާ) އާއި ފްރިމެން އާއި އަލުން ދިމާވެ، ޕޯލްގެ ލޯތްބާއި އޭނާގެ ދުނިޔޭގެ މުސްތަގްބަލް ހިޔާރުކުރަންޖެހެ އެވެ. ފުރަތަމަ ފިލްމަށްވުރެ ސްކްރީންޓައިމް ގިނަ ވާނެ އެވެ.

ޑައިރެކްޓާ ޑެނީ ވިލްނާވަ ބުނީ "ޑިއުން: ޕާޓް 2" ދެ ގަޑިއިރާއި 35 މިނެޓް ދިގުވީ ނަމަވެސް، ކެރެކްޓާ ޑިވެލޮޕްމަންޓް ހިމެނޭނެ ކަމަށެވެ.