ފިނިޕޭޖް

އެންބީސީއިން "ދި އިރޭޝަނަލް" ނެރުމަށް ނިންމައިފި

އެންބީސީއިން "ދި އިރޭޝަނަލް" ސީރީޒް ނެރުމަށް ނިންމައިފި އެވެ.

މި ސީރީޒްގެ ޕައިލެޓް އޭޕްރިލް މަހުގައި ނެރުނު ނަމަވެސް، މި ސީރީޒްގެ މަސައްކަތް ކުރިއަށްދާނީ މިއަދުން ފެށިގެންނެވެ.

މި ސީރީޒްގައި ލީޑް ރޯލް އަދާކުރާނީ "ލޯ އެންޑް އޯޑަ" އާއި "ފްލޭޝް"ގެ ޖެސީ އެލް މާޓިން އެވެ.

މީގެ އިތުރުން މާހްރާ ހިލް، ޓްރެވީނާ ސްޕްރިންގާ، މޮލީ ކުންޒް އަދި އަރަޝް ޑިމެކްސީ މި ސީރީޒްގައި ހިމެނެ އެވެ.

ޑޭން އާރިއެލީގެ "ޕްރިޑިކްޓަބްލީ އިރޭޝަނަލް" ވާހަކައަށް ބިނާކޮށްފައިވާ މި ސީރީޒްގެ ސްކްރިޕްޓް ލިޔާނީ އެރިކާ ލިސޭން މިޓްމަން އެވެ. އެހެންނަމަވެސް ޑޭން އާރިއެލީ މި ސީރީޒަށް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތްކުރާނެ އެވެ.

މި ސީރީޒްގައި ފެނިގެންދާނީ ދުނިޔެއަށް ނަން މަޝްހޫރު ބިހޭވިއަރަލް ސައިންސްގެ ޕްރޮފެސަރު އެލެކް ބޭކަ (ޖެސީ)، އޭނާގެ ތަޖުރިބާއާއި މޮޅުކަން ބޭނުންކޮށްގެން ތަފާތު ގޮތަކަށް އިންސާނީ ތަބިއްޔަތު ދެނެގަނެ އެކި ސަރުކާރުތަކާއި ލޯ އެންފޯސްމަންޓް އަދި ކޯޕަރޭޝަންތަކާ ގުޅޭ "ހައި ސްޓޭކްސް" ކޭސްތައް ހައްލުކުރުމަށް މަސައްކަތް ކުރާ ތަނެވެ.

"ދި އިރޭޝަނަލް" ޑައިރެކްޓް ކުރާނީ ޑީން ޖިއޮގަރިސް އެވެ. މި ސީރީޒް ރިލީޒްކުރާ ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.