ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރެއްވުން އޮތީ މިއަދު ހަވީރު 4:30ގަ އެވެ.

ނޫސްވެރިންނާ ރައީސް ސޯލިހް މި ބައްދަލުކުރައްވަނީ އެންމެފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވިތާ ހަ މަސް ދުވަސް ފަހުންނެވެ. ނޫސްވެރިންނާ ރައީސް ސޯލިހް އެންމެ ފަހުން ބައްދަލުކުރެއްވީ ޖޫން އަށްވަނަ ދުވަހު އެވެ.

ރައީސް ސޯލިހް ވަނީ އޮގަސްޓް 2021ގައި ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.

އެމްޑީޕީން ޖެނުއަރީ 28ގައި ބޭއްވުމަށް ނިންމާފައިވާ އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ވަނީ ވާދަކުރައްވާފަ އެވެ. ޕްރައިމަރީގައި ދެން ވާދަކުރައްވަނީ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.