އެމްޑީޕީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީއާ ގުޅޭ ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އަންނަ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޕްރައިމަރީއާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން އެޕާޓީން ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެޕާޓީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށް ޝަކުވާ ބަލައި ކޮމިޓީއެއް އެކުލާވާލައި ރިޔާސީ ޕްރައިމަރީ އާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު ހުލުވާލާފަ އެެވެ.

ޝަކުވާ ބަލާ ކޮމީޓީގައި ހިމެނޭ މެންބަރުން:

  • އަޙްމަދު އަބްދުﷲ އަފީފް
  • އަފްޝަން ލަތީފް
  • މުހައްމަދު ހާޝިމް

އެމްޑީޕީގެ ވެބްސައިޓް މެދުވެރިކޮށް ޝަކުވާ ބަލައިގަތުމުގެ ފޯމު ހުށަހަޅަން ހުޅުވާލައިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަަމައަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލައްވާފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދުއެވެ. ރައީސް ނަޝީދުގެ ކެނޑިޑޭޓް ނަންބަރަކީ އެކެކެވެ. އަދި ރައީސް ސޯލިހުގެ ކެނޑިޑޭޓް ނަންބަރަކީ ދެއެކެެވެ.

އެމްޑީޕީގެ ރިސާސީ ޕްރައިމަރީ އަންނަމަހު ބާއްވާ އިރު، އެޕާޓީ ވަނީ ދެފެކްޝަނަކަށް ބެހި ބައިބައިވެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އިންތިހާބުކޮމިޓީއެއް ވެސް އައްޔަން ކޮށްފައިވާއިރު، އެކޮމިޓީ އެކުލަވާލާފައިވަނީ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުންގެ ބައިވެރިވުން ނެތި އެވެ.