އެމްޑީޕީ

ޕްރައިމަރީއަކާ ނުލައި އިތުރު 10 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި އިތުރު 10 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެއްޖެ އެވެ.

މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 35 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވާ ކަމަށް އެ ޕާޓީން ކުރިން އޮތީ އިއުލާންކޮށްފަ އެވެ.

އެމްޑީޕީން މިއަދު އަނެއްކާވެސް ކުރި އިއުލާނެއްގައި ވަނީ ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ޓިކެޓް ކަށަވަރު 10 ބޭފުޅުންގެ މައުލޫމާތު ހާމަކޮށްފަ އެވެ.

ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވި 10 ބޭފުޅުން

  • އަމީން ފައިސަލް - ކަނޑިތީމު ދާއިރާ
  • ސަލީމް ހުސައިން - އިނގުރައިދޫ ދާއިރާ
  • އަލީ ނިޔާޒް - ކުރެންދޫ ދާއިރާ
  • ޝާތިރު އަބްދުއްރަހުމާން - ހުރާ ދާއިރާ
  • ރުގިއްޔާ މުހައްމަދު - ދަނގެތި ދާއިރާ
  • މޫސާ ޝިޔާމް އަބްދުﷲ އަލީ - މުލަކު ދާއިރާ
  • އަބްދުﷲ ޝަރީފް - ގަމު ދާއިރާ
  • އަހްމަދު ސައީދު - ގެމަނަފުށީ ދާއިރާ
  • އަހްމަދު ސައީދު މުހައްމަދު - ގައްދޫ ދާއިރާ
  • އިބްރާހިމް މުއިއްޒު - ހެންވޭރު އުތުރު ދާއިރާ

މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ހުށަހެޅުއްވި 45 ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވުމާ ގުޅިގެން އެމްޑީޕީގެ ޕްރައިމަރީ ދެން ބާއްވާނީ 48 ދާއިރާއެއްގެ ޓިކެޓް ލިބޭ ބޭފުޅުން ކަނޑައެޅުމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު އެވެ.