ފިނިޕޭޖް

ހެންރީ ކެވިލްގެ އާ ޕްރޮޖެކްޓް

ހެންރީ ކެވިލް ދާދި ފަހުން ސުޕަމޭންގެ ރޯލުން ނުފެންނާނެ ކަމަށް އިއުލާންކުރި އެވެ.

މި ނިންމުމަކީ ޑީސީ ސްޓޫޑިއޯޒްގެ އާ ވެރިން ކަމުގައިވާ ޖޭމްސް ގަން އާއި ޕީޓާ ސެފްރަން، ސުޕަމޭން މުޅިން އެހެން މިސްރާބަކަށް ގެންދަން ބޭނުންވެގެން ނިންމި ނިންމުމެކެވެ.

ހެންރީ މީގެ ކުރިން ސުޕަމޭންގެ ސިކުއެލްގައި މަސައްކަތްކުރުމަށްޓަކައި، ނެޓްފްލިކްސްގެ "ދަ ވިޗަ" އިން ވެސް ވަނީ ވަކިވެފަ އެވެ.

ހެންރީ ކެވިލް މިހާރު ވަނީ އެމެޒޯންގެ "ވޯހެމަ 40،000" ގެ ސީރީޒް / ފިލްމް އެޑެޕްޓޭޝަންގެ އެކްޓަރެއްގެ އަދި އެގްޒަކަޓިވް ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ގުޅިފަ އެވެ. ހެންރީ އަކީ މި ގޭމް ކުޅުމަށް ވަރަށް ލޯބިކުރާ އެކްޓަރެކެވެ.

"ވޯހެމަ 40،000" އަކީ "ޑަންޖަންސް އެންޑް ޑްރޭގަންސް" ފާޑުގެ މަގްބޫލް ފިއުޗަރިސްޓިކް، ސައިންސް ފިކްޝަން ވޯ ގޭމް އެކެވެ.

އެމެޒޯން އިން މި ގޭމްގެ ރައިޓްސް ހޯދާފައިވަނީ އެތައް މަހަކު ނެގޯޝިއޭޓްކޮށް، އެހެން ވާދަވެރި ކުންފުނިތައް ދުރުކުރުމަށްފަހު އެވެ. މި ގޭމްގައި ޑައިސް ރޯލްކުރަންޖެހޭއިރު، މިނިއޭޗަރ ފިގާސްތައް އެއްތަނުން އަނެއްތަނަށް ގެންދެވޭނެ އެވެ.

މި ޕްރޮޖެކްޓަށް ޑައިރެކްޓަރާއި އެހެނިހެން ޓެކްނިކަލް ކްރޫއާއި އެކްޓަރުން އަދި ހޮވާފައެއް ނުވެ އެވެ.