ފިނިޕޭޖް

ނެޓްފްލިކްސްގެ ސައިކޮލޮޖިކަލް ތްރިލާ "ލޮކްޑް އިން"

ނެޓްފްލިކްސްއިން ސައިކޮލޮޖިކަލް ތްރިލާ، "ލޮކްޑް އިން" ނެރެނީ އެވެ.

މި ފިލްމްގެ ޕްރޮޑަކްޝަން ލަންޑަންގައި މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިއަށް އެބަދެ އެެވެ.

މި ފިލްމް ޑައިރެކްޓްކުރަނީ "ދަ ލާސްޓް ބަސް"ގެ ޑައިރެކްޓާ ނޫރް ވަޒީ އެވެ.

"ލޮކްޑް އިން"ގައި އެކްޓްކުރަނީ ރޯޒް ވިލިއަމްސް އާއި ފަމްކޭ ޔެންސަންގެ އިތުރުން އެލެކްސް ހެސެލް، ފިން ކޯލް އާއި އެނާ ފްރިއެލް އެވެ.

މި ފިލްމްގެ ޕްލޮޓަށް ބަލާލާއިރު، ލީނާ (ރޯޒް) އަކީ އަލަށް ކައިވެނި ކޮށްގެން އުޅޭ، އެހެނަސް އުފާވެރިކަން އިހުސާސް ނުކުރެވޭ އަންހެނެކެވެ.

ލީނާގެ މައިދައިތަ (ފަމްކޭ) އަކީ ލީނާއާ ޖައްސާލާފައި ހުންނަ ރުޅިވެރި، ހިތި އަދި ޑެމޭޖް ވެފައިވާ އަންހެނެކެވެ.

މި ފިލްމްގެ ސްކްރިޕްޓް ލިޔެފައިވަނީ "28 ޑޭޒް ލޭޓަ" އާއި "ދަ ލާސްޓް ރިޒޯޓް" ލިޔުނު ރޯވަން ޖޯފް އެވެ.

ފަމްކޭ ޔެންސަން އަކީ "އެކްސް-މެން"ގައި ޖީން ގްރޭގެ ރޯލް އަދާކުރި ތަރިއެކެވެ.

ފަމްކޭ ވަނީ ނެޓްފްލިކްސްގެ "ހެމްލޮކް ގްރޯވް" އާއި "ވެން ދޭ ސީ އަސް" ގައި އެކްޓްކޮށްފަ އެވެ.

ރޯޒް ވިލިއަމްސްގެ އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓްތަކަކީ "މެޑީޗީ" އާއި "ސެންޑިޓަން" އެވެ. އެލެކްސް ހެސެލްގެ ފާހަގަކޮށްލެވެނީ "ދަ ޓްރެޖެޑީ އޮފް މެކްބެތް" އިންނެވެ.