ފިނިޕޭޖް

އެމެރިކާސް ގޮޓް ޓެލެންޓްގެ "ދަ ކްލޭވޮޔަންޓްސް" ގެ ދެ ތަރިން ކައިވެނިކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 11 ވަނަ ސީޒަންގެ ރަނަރަޕް، "ދަ ކްލޭވޮޔަންޓްސް"ގެ ތޮމީ ޓެން އާއި އެމެލީ ވެން ޓެސް ކައިވެނިކޮށްފި އެވެ.

މި ދެ ލޯބިވެރިން ކައިވެނިކޮށްފައިވަނީ ލާސް ވެގަސްގެ އަ ލިޓްލް ވައިޓް ވެޑިން ޗެޕަލްގައި، އެއްވެސް ގާތް ތިމާގެ މީހަކަށް ނާންގަ އެވެ.

މި ދެ ލޯބިވެރިން ބުނީ ކައިވެނިކުރުމަށްފަހު އޮސްޓްރިއާއަށް ގޮސް، އާއިލާ އާއި ރައްޓެހިން ގާތު އެ ވާހަކަ ބުނި ކަމަށެވެ. އަމިއްލަ ގައުމުގައި ހަނީމޫން ހޭދަކުރާހެން ހީވި ކަމަށް އެމެލީ އާއި ތޮމީ ބުންޏެވެ.

ހުރިހާ އެންމެންވެސް މިދެމަފިރިންގެ ކައިވެނީގެ ހަބަރަށް އުފާ ފާޅުކޮށް، މަރުހަބާކީ ކަމަށްވެސް ބުންޏެވެ.

މި ދެމަފިރިން ވަނީ ލަކްސާ ހޮޓެލްގައި އެމެރިކާސް ގޮޓް ޓެލެންޓްގެ 500 ޝޯ ޕާފޯމްކޮށްފަ އެވެ. ވޭތުވެ ދިޔަ އަހަރު ލާސް ވޭގަސްގައި ދިރިއުޅުމަށްފަހު، އެ ރަށް ދެކެ ލޯބިވެ، އެ ރަށުގައި ކައިވެނިކުރާ ހިތްވި ކަމަށް މި ދެމަފިރިން ބުންޏެވެ.

އެމެލީ އާއި ތޮމީއާ ބައްދަލުވެފައިވަނީ މީގެ 11 އަހަރު ކުރިން ޓީވީ ޝޯއަކުންނެވެ.

އެމެރިކާސް ގޮޓް ޓެލަންޓްގެ ޝޯތައް ކުޅުމަށްފަހު، މި ދެމަފިރިން ވަނީ ނިއު ޔޯކްގެ ބްރޯޑްވޭ، ލަންޑަންގެ އެޕޯލޯ ތިއާޓާ އަދި ސިޑްނީ އާއި އޮސްޓްރިއާގެ އޮޕެރާ ހައުސްގައި ޝޯ ކުޅެފަ އެވެ.