ފިނިޕޭޖް

"1899" އެއް ސީޒަނަށްފަހު ކެންސަލްކޮށްފި

ނެޓްފްލިކްސްގެ "1899" އެއް ސީޒަނަށްފަހު ކެންސަލްކޮށްފި އެވެ.

މި ޝޯގެ ކްރިއޭޓަރުން ބަރަން ބޯ އޮދަރް އަދި ޔާންޔެ ފްރީސް މި ހަބަރު އިއުލާންކޮށްފައިވަނީ އިންސްތަގްރާމްގަ އެވެ.

މިޕޯސްޓްގައި ބުނެފައިވަނީ ބަރު ހިތަކާއެކު ބުނަންޖެހެނީ މި ޝޯ ކުރިއަށް ނުގެންދާނެ ކަމުގެ ވާހަކަ ކަމަށެވެ.

"1899"ގެ ސީޒަން އެކަކުން ފެށި "އިންކްރެޑިބަލް ޖާނީ"، ސީޒަން ދޭކާއި ތިނަކުން ނިންމަން ބެނުންވި ނަމަވެސް ބައެއް ފަހަރު ޕްލޭންކުރާ ގޮތަށް ކަންތައްތައް ނުވާ ކަމަށާއި އެއީ ހަޔާތުގައި އޮންނަ އުސޫލު ކަމަށްވެސް ބުންޏެވެ.

މިކަމުގެ ސަބަބުން އެތައް މިލިއަން ފޭނުން ދެރަވާނެކަން އެނގޭކަން ފާހަގަކޮށް ބުނެފައިވަނީ ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރާކޮށް އެންމެންގެ ދެކެ ލޯބިވާ ކަމަށެވެ.

އަށް އެޕިސޯޑްގެ "1899" ނެޓްފްލިކްސްގައި ސްޓްރީމްކުރަން ފަށާފައިވަނީ ނޮވެމްބަރު 17، 2022 ގައެވެ.

މި ސީރީޒްގެ ކާސްޓުންގެ ތެރޭގައި އެމިލީ ބީޗަމް، އެނުއަރިން ބަރނާޑް، އެންޑްރިއަސް ޕިއެޝްމަން، މިގޭލް ބާނާޑޫ އާއި އިތުރު ބައިވަރު ތަރިން ހިމެނެ އެވެ.