އެޓާނީ ޖެނެރަލް

މިދިޔަ އަހަރު 896 ގާނޫނީ ލަފާ ދީފި

ބަންޑާރަނައިބުގެ އޮފީހުން މިދިޔަ އަހަރު 896 މައްސަލައަކަށް ގާނޫނީ ލަފާ ދީފި އެވެ.

ބަންޑާރަނައިބް އޮފީހުން ބުނީ 2021 ވަނަ އަހަރު ނިމުނު އިރު ލަފާ ނުދެވިހުރި ކަންކަން ހިމެނޭ ގޮތުން ޖުމްލަ 896 މައްސަލައަކަށް މިދިޔަ އަހަރު ގާނޫނީ ލަފާ ދެވުނު ކަމަށެވެ.

ގާނޫނީ ލަފާ ހޯދުމަށް މިދިޔަ އަހަރު އެކި އިދާރާތަކުން 959 މައްސަލަ ބަންޑާރަނައިބަށް ފޮނުވާފައިވެ އެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނި ގޮތުގައި އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭ ގޮތުން 250 ލަފާ ދީފައިވެ އެވެ.

ގަވާއިދުތަކާ ގުޅޭ ގޮތުން 163 ލަފާ މިދިޔަ އަހަރު ބަންޑާރަނައިބުގެ އޮފީހުން ދީފައިވެ އެވެ.

އުސޫލުތަކާ ގުޅޭ ގޮތުން 50 ލަފާ ދިންއިރު ބިލު ތަސްދީގުކުރުމާ ގުޅޭ ގޮތުން 25 ލަފާ އަދި މުއާހަދާތަކާ ގުޅޭ ގޮތުން ފަސް ލަފާއެއް މިދިޔަ އަހަރު ބަންޑާރަނައިބުގެ އޮފީހުން ދީފައިވެ އެވެ. އޭގެ އިތުރުން އެހެނިހެން ކަންކަމާ ގުޅޭ ގޮތުން 403 މައްސަލައެއްގައި ލަފާދީފައިވެ އެވެ.