ފިނިޕޭޖް

ނެޓްފްލިކްސްގައި އެންމެ ހިނގަމުންދާ "ކަލީޑޮސްކޯޕް"

އާ އަހަރާ އެއްކޮށް ނެޓްފްލިކްސްއިން ބެލުންތެރިންނަށް ވަރަށް މަގުބޫލު އަށް އެޕިސޯޑްގެ ކްރައިމް އެންތޮލޮޖީ - ހައިސްޓް ސީރީޒްއެއް ނެރެފި އެވެ.

"ކަލީޑޮސްކޯޕް"ގެ ނަމުގައި އޭރިކް ގާސިއާ އުފެއްދި މި ސީރީޒްއަކީ އެތައް ބައިވަރު ޓްވިސްޓްތައް އެކުލެވިގެންވާ ސީރީޒެކެވެ.

މި ސީރީޒްގެ ކޮންމެ އެޕިސޯޑެއްގެ ނަމުގެ ކުރިއަށް ވަނީ ކުލައެއް ދީފަ އެވެ.

ކަލީޑޮސްކޯޕަކީ އެތައް ކުލަތަކެއް ހިމެނޭ، އަނބުރާލުމުން ފެންނަ މަންޒަރު ބަދަލުވާ އޮޕްޓިކަލް އިންސްޓްރޫމަންޓެކެވެ. ހަމަ އެފަދައިން މި ޝޯ ވަނީ ވަރަށް ކްރިއޭޓިވް ގޮތަކަށް ތަފާތު ވިއުއިން އެކްސްޕީރިއަންސެއް ބެލުންތެރިންނަށް ގެނެސްދީފަ އެވެ.

މި ސީރީޒްގެ އެޕިސޯޑު ތަރުތީބުން ބެލުމުގެ ބަދަލުގައި، އެމީހަކު ބަލަން ހިޔާރުކުރާ އެޕިސޯޑަކުން މި ޝޯގެ ކެރެކްޓާތަކާއި ވާހަކައާ ދޭތެރޭ ވިސްނަމުން އައިގޮތް ބަދަލުވެގެންދެ އެވެ. އެހެންނަމަވެސް އެޕިސޯޑް "ވައިޓް" ބަލަންޖެހޭނީ އެންމެ ފަހުންނެވެ.

މި ސީރީޒްގައި ފެންނާނީ މާސްޓާ ތީފް ލިއޯ ޕެޕް (ޖިއަންކާލޯ އެސްޕޮސީތޯ) އާއި އޭނާގެ ކްރޫ "ގޫސް-ބަމްޕް" ކޮށްގެން ހަތް މިލިއަން ޑޮލަރު ވައްކަންކުރަން އުޅޭގޮތެވެ.

މި ހައިސްޓަށް ދަހިވެތިކަމާއި ހިޔާނާތްތެރިކަމުގެ އަސަރުވެސް ކުރާނެ އެވެ. ޖިއަންކާލޯގެ އިތުރުން މި ސީރީޒްގެ ކާސްޓްގައި ޖޭ ކޯޓްނީ، ރުފަސް ސުވެލް، ޕަޒް ވޭގާ، ރޮޒަލިން އެލްބޭ، ޓަޓި ގެބްރިއެލް އަދި ޕީޓަ މާކް ކެންޑަލް ހިމެނެ އެވެ.

"ކަލީޑޮސްކޯޕް" ބެލުމުން ނޫނީ އެ ސީރީޒްގެ މަޅުކަމާއި އިހްސާސްތައް ރަނގަޅަށް ދެނެ ނުގަނެވޭނެ އެވެ.