ފިނިޕޭޖް

ޑޭވް "ޑްރެކްސް"ގެ ރޯލު ކުޅުން ނިމުމަކަށް

މާވެލް ސިނަމެޓިކް ޔުނިވާސްގެ "ގާޑިއަންސް އޮފް ގެލެކްސީ 3" އަށް ފަހު "ޑްރެކްސް ދަ ޑިސްޓްރޯޔާ"ގެ ރޯލު ކުޅުން ނިމުނީ ކަމަށް ޑޭވް ބޯޓިސްޓާ ބުނެފި އެވެ.

ޑްރެކްސް ދަ ޑިސްޓްރޯޔާގެ ކެރެކްޓާ އަކީ ވަރަށް ބާރުގަދަ ކައިލޯސިއަން އެކެވެ. ކްރީ ލީޑަރެއް ކަމުގައިވާ ރޮނަން ދި އެކުސާ ޑްރެކްސްގެ އާއިލާ މަރާލުމުގެ ސަބަބުން، ޑްރެކްސް ހުންނަނީ ރޮނަންގެ ކިބައިން ބަދަލުހިފުމުގެ އަލިފާނުން ކެކިކެކި އެވެ.

"ގާޑިއަންސް އޮފް ގެލެކްސީ" އިން ތައާރަފްވި ޑްރެކްސްގެ ރޯލް ރެސްޓްލާ އަދި އެކްޓާ ޑޭވް ބޯޓިސްޓާ އަދާކުރާތާ 10 ވަރަކަށް އަހަރުވެއްޖެ އެވެ. އަދި މި ރޯލްކުޅުން ނިންމާލުމާއެކު، ލުއިކަމެއް އިހްސާސްވި ކަމަށް ޖީކިއު މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ޑޭވް ބުންޏެވެ. އެކަމުގެ މައިގަނޑު ސަބަބަކީ އެ ރޯލް އަދާކުރުމަށްޓަކައި ޑޭވް ކުރަންޖެހޭ ގިނަ ވަގުތު ނަގާ ބޯ މޭކަޕްގެ ސަބަބުން އެ ރޯލް އަދާކުރަން އުނދަގޫވުމެވެ.

ޑޭވް ބުނީ ޑްރެކްސް ދެކެ ލޯބިވެ، ޝުކުރުވެރިވީ ނަމަވެސް، އޭނާގެ ވަސިއްޔަތަކަށް އެ "ސިލީ" ރޯލް ވާން ނޭދޭ ކަމަށާއި އެއަށްވުރެ ޑްރެމެޓިކް ރޯލް ކުޅެން ބޭނުންވާ ކަމަށްވެސް ޑޭވް ބުންޖެވެ.

މީގެ ކުރިން ޑޭވްގެ އިންޓަވިއުތަކުގައި މާވެލްއިން، ޑްރެކްސްގެ ކެރެކްޓާއަށް ސަމާލުކަންދީ، ތަރައްގީކުރޭތޯ އުއްމީދު ކުރި ކަމަށާއި ޑްރެކްސްގެ މުހިއްމު ބެކްސްޓޯރީއެއް ވާކަމަށް ބުނެފައިވެ އެވެ. އަދި އޭރުން ޖިސްމާނީ ގޮތުންނާއި ޖަޒްބާތީ ގޮތުން ޑްރެކްސްގެ އެހެން ފަރާތެއް ދެއްކުމުގެ ފުރުސަތު ލިބުނީސް ކަމަށް ޑޭވް ބުނެފައިވެ އެވެ.

މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރޭގައި ޑޭވް ހިމެނޭ ދެ ފިލްމެއްވެ އެވެ. އެއީ އެމްސީޔޫގެ "ތޯ: ލަވް އެންޑް ތަންޑާ" އާއި "ގްލާސް އަނިއަން: އަ ނައިވްސް އައުޓް މިސްޓެރީ އެވެ. މިއަހަރު ތެރޭގައި ނެރެން ހަމަޖެހިފައިވާ ފިލްމުތަކުގައި ޑޭވް ހިމެނެނީ "ނޮކް އެޓް ދަ ކެބިން"، "ގާޑިއަންސް އޮފް ގެލެކްސީ 3" އަދޮ "ޑިއުން ޕާޓް 2" އެވެ.