އަލިފުށި

ކެންސަރުގެ ދިރާސާއެއް ކޮށްދޭން އަލިފުށިން އެދިއްޖެ

ރައީސް، އަލިފުށީ ކައުންސިލާއި ޑަބްލިއުޑީސީއާ ބައްދަލުކުރެެއްވުން -- ފޮޓޯ: ރައީސް އޮފީސް
0%
100%
0%

ކެންސަރު ބަލީގެ ދިރާސާއެއް ހަދަން ރ. އަލިފުށިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހް މިއަދު އަލިފުއްޓަށް ވަޑައިގެންނެވީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. މިދަތުރުފުޅުގައި އަލިފުށީ ކައުންސިލުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓިއާ ވެސް ރައީސް ބައްދަލުކުރެއްވި އެވެ.

އަލިފުށީގައި ކެންސަރު ބަލި ގިނަވެފައިވާތީ އޭގެ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކޮށްދޭން އަލިފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެދިވަޑައިގެންފަ އެވެ. އަދި ރަށުގެ ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރު ކުނި ނައްތާލެވޭނެ ގޮތެއް ހެދުމަށް އެދިވަޑައިގެންނެވި އެވެ.

އަލިފުށީގައި ކެންސަރު ބަލި އިތުރުވަމުންދާ މައްސަލަ ބޮޑުވެފައިވާތީ ކަންބޮޑުވުން ފާޅުކޮށް މީގެ ކުރިން ވެސް އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލު ކަމަށް އަލިފުށީ ކައުންސިލުން ވަނީ ގެނެސްފަ އެވެ.

އަލިފުށީގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް އަވަސް ކުރުމަށް ބޭނުންވާ ކަމަށް އަލިފުށީ ކައުންސިލުން ވަނީ ރައީސް އަރިހުގައި ދަންނަވާފަ އެވެ. އަލިފުށީ ކައުންސިލާ ބައްދަލުކުރައްވާ ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި އަލިފުށީ ހޮސްޕިޓަލް ހެދުމަށް ފަންޑް މިހާރު ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910