އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

އެއްބުރުން، ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރާނަން: ރައީސް

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޮޑު އަގުލަބިއްޔާތަކާ އެކު ކާމިޔާބު ކުރާނީ އެއްބުރުން ކަމަށާއި އެމްޑީޕީ ދާނީ ބާރަށް ކުރިއަށް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނ. ވެލިދޫގައި މިރޭ ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބު އެއްބުރުން ބޮޑުތަނުން ކާމިޔާބުކުރައްވައި އަދި އެ ވެރިކަން ދަމަަހައްޓައިދޭނެ ބޭފުޅަކީ ވެސް އެމަނިކުފާނު ކަމަށެވެ.

ރައީސްގެ ވާހަކަފުޅު އަމާޒުކުރެއްވީ 2008 ވަނަ އަހަރު ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގެން އެވެރިކަން ނުހިފެހެއްޓެވުނު ސަބަބުތަކާއި އެކަމުގެ ތަޖުރިބާތަކުގެ މައްޗަށެެވެ.

"ކުރީގެ ތަޖުރިބާއަށް ބަލާއިރު ވިސްނަންޖެހޭ ކަންކަން އެބަހުރި 2008 ގައި ބުރަ މަސައްކަތުން އަޅުގަނޑުމެން ގެނައި ވެރިކަން 2012 ވަނަ އަހަރު ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކަ އަޅުގަނޑު ދައްކާކަށް ނެތިން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެދުވަސް އަނބުރާ އިޔާދަ ނުވާން އޮތީ އެމަނިކުފާނު އެމްޑީޕީގެ ޕްރައިމަރީގައި ހޮވައިގެން ކަމުގަ އެވެ. އަދި އެމަނިކުފާނަކީ ތަފާތު ފިކުރުގެ ތަފާތު މީހުންނާއެކު ގުޅިގެން މަސައްކަތް ކުރެވޭ އަދި ގިނަ މީހުންގެ ތާއީދު ވެސް އޮތް ބޭފުޅެއް ކަމުގައިވާތީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރެވޭނީ އެމަނިކުފާނަށް ކަމުގައި ވެސް ވިދާޅުވި އެވެ.

"މިހާތަނަށް ވެސް މިއަންނަނީ އެކަން ހާމަ ކޮށްދެމުން ، ކުރިޔަށް އޮތް ތަނުގަ ވެސް އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ހުރިހާ ރައްޔިތުން އެދޭ ގޮތަށް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް " ރައީސް ވިދާޅުވިއެވެ.

ރައީސް ތަކުރާކުކޮށް ވިދާޅުވީ ކުރިން ކުރިމަތިލާން ޖެހުނު ބިރުވެރިކަން ކުރިމަތި ނުވެ ސުލްހަ ވެރި ވެރިކަމެއް ދެންވެސް ގެނެވޭނި އެމަނިކުފާނަށް ކަމުގައެވެ.

" 2018 ވަނަ އިންތިހާބުގާ ވެސް 6000 ވޯޓުން ބަލިވެގެން ދިޔައި، ތަކުރާރުކޮށް މިވާހަކަ މިދަންނަވަނީ އެކަހަލަ ކަމެއް ވުމަށް ނެދޭތީ، އެދުވަހަށް ފަހު ކުރިމަތިވި ބިރުވެރިކަމުގެ ތެރެއަަށް ދާނީ ތޯ މިހާރު މިއޮތް ސުލްހަވެރިކަމާއި ގެން ކުރިއަށް ދާނީތޯ " ރައީސް ވިދާޅުވިއެވެ.

ޕްރައިމަރީ ނިމިގެން ދެންވެސް އެމްޑީޕީ މަަސައްކަތް ކުރާނީ އެއްބައެއގެ ގޮތުގައި ކަމަށްވަތީ، އެއްކޮށް މަަސައްކަތް ނުކުރެވޭނެ ފަދަ ކަންކަން ނުކުރުމަށް އެމަނިކުފާނުގެ ސަޕޯޓަރުން ނަށް ހަނދާން ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މިރޭ އެހެން ވިދާޅުވި ނަމަވެސް ކެމްޕެއިންގައި ފެނިގެންދަނީ ރައީސް ނަޝީދު އާއި ރައީސް ސޯލިހުގެ ބަހުގެ ހަމަލާތައް އެއްބޭފުލަކު އަނެއްބޭފުޅަކަށް ސީދާގޮތުންނާއި ނުސީގޮތުން ދެއްވަމުންގެންދަވާ މަންޒަރެވެ.