ރައީސް މުހައްމަދު ނަޝީދު

ދައުރުގެ މެދުތެރެއިން އިންތިހާބު ނުބޭއްވީތީ ހިތާމަކުރަން: ނަޝީދު

ވެލިދޫގައި ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ދަ ޑިމޮކްރެޓްސް
0%
0%
0%

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނި ގޮތަށް ދައުރުން ބޭރުގައި އިންތިހާބެއް ނުބޭއްވުމުން ހިތާމަކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސް އިން ނ. ވެލިދޫގައި އިއްޔެ ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 18 މަސް ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވާ ވެރިކަމުގެ ކަންކަން އަލުން ހަމަޖެއްސުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަމަށެވެ.

މެނިފެސްޓޯގައި އެގޮތަށް ހިމެނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދިޔައިރު ގިނަ ސިޔާސީ ލީޑަރުން ޖަލުގައި ތިބުމުން އެ ލީޑަރުންނަށް ފުރުސަތު ދިނުމަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އެ އިންތިހާބަށް އަޅުގަނޑުމެން ދިޔައިރުގަ ގިނަ ސިޔާސީ ލީޑަރުން ތިބީ ޖަލުގައިކަމުން ހުރިހާ ސިޔާސީ ލީޑަރުންނަށް ފުރުސަތު ދިނުމަށްޓަކާ، އަޅުގަނޑުމެން އެންމެން އެއްބަސްވެ އެ މަގަށް އެމްޑީޕީގެ މެނިފެސްޓޯ އުފައްދާ. އެ މެނިފެސްޓޯ ފާސްކުރިން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ވެރިކަމުގެ އިތުރު ދައުރެއް ނުދިނުމަށް މަސައްކަތްކުރަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ތަރައްގީއަށް އެންމެ މުހިންމީ ޑިމޮކްރެޓިކް އުސޫލުން އަވަސްއަވަހަށް ވެރިކަން ބަދަލުވުން ކަމަށާއި ދެވަނަ ދައުރެއް ލިބުމުން "މޫ ލާ ގޮތް" ވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910