މުހައްމަދު އަސްލަމް

އެމްޑީޕީ ރޫޅައެއް ނުލެވޭނެ: އަސްލަމް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ކެމްޕޭން ޖަލްސާގައި މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

އެމްޑީޕީ ރޫޅާލާނެ ކަމަށް އެޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް އެކަން ނުކުރެވޭނެކަން ސާފުވެފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެމްޑީޕީއަކީ ވަކި މީހެއްގެ ފަހަތުން ދުވާ ޕާޓީއެއް ނޫން ކަމަށެވެ.

"އެމްޑީޕީ އުފެދިގެން އައީ އެންމެ މީހަކު ނުކުމެ އޭނާއަށް އެންމެން ތާއިދު ކުރާނެ ޕާޓީއެއްގެ ގޮތުގައެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.

އެމްޑީޕީ ރޫޅެނީ ކަމަށް ބަޔަކަށް ހީވިނަމަވެސް އެ ޕާޓީއަކީ އެހާ ފަސޭހައިން ރޫޅޭނެ ޕާޓީއެއް ނޫންކަން ސާފުކޮށް ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށްފަހު އެ ޕާޓީން ވަކިވެވަޑައިގެންނެވި އިސް ބޭފުޅުންތަކެއް އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ސޮއިކުރެއްވުމަށްފަހު ރައީސް ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފަ އެވެ.

"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލަނަން. ތިކެޔޮގަނޑުގެ ފޫވަށް ވެއްޓިއްޖެ. ތިޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ޖުލައި 13 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910