ރައީސް މުހައްމަދު ނަޝީދު

ނަޝީދު އެދިވަޑައިގަތީ އެމްޑީޕީ މެންބަރުންނަށް ބަދުބަސްނުބުނަން

ދަ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއާ ގުޅިގެން އެއްވެސް މީހަކު އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ބަދުބަސްބުނެ ފުރައްސާރަ ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

މިކަމަށް އެދިވަޑައިގެން ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

"ރުޅިވެރިކަން އިސްކުރުމަކީ ބުއްދިވެރިކަމެއް ނޫން،" ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވާފަ އެވެ.

އެމްޑީޕީގެ މެންބަރުންނާއި ސަޕޯޓަރުންނަށް ބަދުބަސްބުނެ ފުރައްސާރަ ނުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާއިރު އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ނަޝީދުގެ އިތުރުން ނަޝީދަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910