ހިިސާން ހުސައިން

ކުއްލިއަކަށް ރިއެކްޓް ކުރީމާ ވެއްޓެނީ ވެރިކަން: ހިސާން

ނ. ވެލިދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވާހަކަ ދައްކަވަނީ.
100%
0%
0%

ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކު ކުލިއަކަށް ރިއެކްޓް ކުރައްވާނަމަ ވެރިކަން ވެއްޓޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ރައްދު ދެއްވައިފި އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ދަތުރުފުޅުގައި ރޭ ނ. ވެލިދޫގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ވެރިއަކަށް ހުންނަ ބޭފުޅަކު ކުއްލިކުއްލިއަށް ކަންކަމަށް ރިއެކްޓް ކުރެއްވުމުގެ ނަތީޖާ ވަރަށް ގޯސް ކަމަށެވެ. އެގޮތަށް ރިއެކްޓް ކުރައްވުމުން ބައެއް ފަހަރު ވެރިކަން ވެއްޓޭ ކަމަށްވެސް ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ މާ ގަދައަށް ރިއެކްޓް ކުރައްވާނަމަ ބައެއް ފަހަރު ރިޔާސީ ދައުރެއްގައި ތިން ނައިބު ރައީސުން އައްޔަން ކުރަން ޖެހޭ ހާލަތްތައްވެސް ކުރިމަތިވާ ކަމަށާއި އަނެއްބައި ފަހަރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫނީ ވެރިކަން ނުދެމެހެއްޓޭ ކަމަށެވެ.

ރައީސް ނަޝީދުގެ ވެރިކަން 2012ގައި ބަދަލުވުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިން ނައިބު ރައީސުން އައްޔަންކުރުމަށް އިޝާރާތްކުރައްވާ ހިސާން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ތަޖުރިބާގައި ގައުމެއްގެ ވެރިއަކު ކުއްލި ކުއްލިއަށް ރިއެކްޓް ކުރުމަކީ އެހާ ގަދަ ކަމެއް ނޫން. މާ އަވަހަށް / މާ ބޮޑަށް ރިއެކްޓް ކުރީމަ ނިކުންނަ ނަތީޖާއެއް ވެސް އެހާ ސަޅިއެއް ވެސް ނޫން،" ހިސާން ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުގައި މީގެ ކުރިން އިސް ދައުރެއް އަދާކޮށްފައިވާ އަދި މިހާރު ޖޭއެސްސީގެ ރައީސް ހިސާން ވިދާޅުވީ ވެރިކަން ވެއްޓުމުން އެމްޑީޕީ މަގުމަތީގައި އުޅުނު ހާލު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި އެހާލުގައި ރެޔާއި ދުވާލު މަގުމަތީގައި މުޒާހަރާ ކުރީ ދެވަނަ ދައުރެއްގެ ފޮނި އުންމީދުގައި ކަމަށާއި ނަމަވެސް އެމްޑީޕީއަށް 2013 ވަނަ އަހަރު ނާކާމިޔާބުވީ އެއްބުރުން ވެރިކަން ހޯދުމަށް ބޭނުންވާ ދެ އިންސައްތަ ވޯޓު ނެރެދެވޭނެ ބައިވެރިޔަކު ނެތުމުން ކަމަށް ހިސާން ވިދާޅުވި އެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ހިސާން އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބު އެއްބުރުން ކާމިޔާބުވެ އިތުރު ދައުރެއް ހޯދުމުގެ ފޯމިއުލާއެއް އޮއްވާ އަނެއްކާ މަގުމައްޗަށްދާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މި ގައުމު ކުރިއަށް ގެންދެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ އަދި އެމްޑީޕީއާއި އެކު ކުރިއަށް ދެވޭނެ ކެންޑިޑޭޓަކީވެސް ރައީސް ސޯލިހް ކަމަށް ވިދާޅުވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލިމަން

ކުރިންކީ ބަޣާވާތް ކުރީއޭ. މިހާރު ރިއެކްޓް ނުކުރާ ވެރިޔެއް ޕްރޮމޯޓްކުރަން ޕްރޯ އެކްޓިވް ވެރިއަކަށް މަލާމާތްކުރަނީ

އިބްރ

ބަޣާވާތޭ ކިޔައި ދޮގުހަދައި ރައްޔިތުންނަށް އޮޅުވާލައިގެން ބޭއްވި ހުރިހައި މުޒާހިރާއެއްގައި މީނާ ބައިވެރިވެފައިވޭ. ރައްޔިތުނޭވެ. ހޭލާށެވެ

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910